ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބަންގްލަދޭޝްގެ އިތުރު 67 މީހަކު ފޮނުވާލައިފި

ގަވައިދާހިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ ބަންގްލަދޭޝްގެ 67 މީހަކު އަނބުރާ އެ ގައުމަށް ފޮނުވާލައިފި އެވެ.

އެ މީހުން އެނބުރި ބަންގްލަދޭޝް އަށް ދިޔައީ ކާނާ އާއި ސިއްހީ ބައެއް ތަކެތި ހިފައިގެން އިއްޔެ ރާއްޖެ އައި އެ ގައުމުގެގެ އަސްކަރީ މަތިންދާބޯޓެއްގައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައިވާ ގޮތުގައި މޯލްޑިވިއަން އާއި ބަންގްލަދޭޝްގެ ގައުމީ އެއާލައިން ގުޅިގެން 500 އަށް ވުރެ ގިނަ މީހުން ބަންގްލަދޭޝް އަށް ގެންދާނެ އެވެ. އެގޮތުން އިއްޔެ ވަނީ ސައްހަ ލިޔެކިއުން ނެތި ރާއްޖޭގައި އުޅުނު ބަންގްލަދޭޝްގެ 335 މީހަކު އެ ގައުމަށް ފޮނުވާލައިފަ އެވެ.

ފޮރިން މިނިސްޓްރީން އިއްޔެ ބުނެފައި ވަނީ ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓް މިއަދު ފުރާ އިރު އެ ގައުމުގެ 70 މީހުން ދާނެ ކަމަށެވެ. އޭގެ ތެރެއިން ތިން މީހަކަށް ނުދެވުނު އިރު އެއީ އެކި ސަބަބުތަކާ ހެދި ފުރޭގޮތް ނުވީ ތިން މީހުން ކަމަށް ފޮރިން އިން މިއަދު ބުންޏެވެ.

ގަވާއިދާ ހިލާފަަށް، ސައްަ ލިޔެކިޔުމެއް ނެތި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު 60،000 އަށް ވުރެ ގިނަ ކަމަށް ކަމަށް ކަމާބެހޭ އިދާރާތަކުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ބަންްގްލަދޭޝް ގައުމުގެ މީހުންނެވެ.

ރާއްޖޭގައިި 1000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރޭގައި ބަންގްލަދޭޝްގެ 557 މީހުން ހިމެނެ އެވެ. އަދި ބަލި ޖެހުނު ހަތަރު މީހަކު ރާއްޖޭގައި މަރުވި އިރު އޭގެ ތެރޭގައި ބަންގްލަދޭޝްގެ އެކަކު ހިމެނެ އެވެ.