ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާލެ ޖަލުންވެސް ރެންޑަމްް ސާމްޕަލް ނަގަނީ

ޖަލުތަކަށް ކޮރޯނާ ވައިރަހުގެ އަސަރު ކޮށްފައިވާ މިންވަރު ދެނެގަތުމައްޓަކައި މާލެ ޖަލުގައި ރެންޑަމް ސާޕަލް ނަގަން ފަށައިފި އެވެ.

މޯލްޑްވިސް ކަރެކްޝަނަލް ސަވިސްއިން ބުނީ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް އާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތުގައި، ގައިދީންގެ ތެރެއިން 15 މީހެއްގެ ސާޕަލް އާއި 20 އޮފިސަރުންގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި އެ 35 ސާމްޕަލް ނެގުމުގައި ބަލާފައިވާނީ ވަކި ޔުނިޓް ތަކުގެ ތެރެއިން ހޮވާލެވޭ ގައިދީންނާއި އެކި ދާއިރާތަކުގައި މަސައްކަތްކުރާ އޮފިސަރުން ކަމަށެވެ.

ސަރުކާރުން އަންނަނީ ޖަލުތަކުގެ ރެންޑަމް ސާމްްޕްލިން ނަގަމުންނެވެ. މިހާތަނަށް ވަނީ މާފުށީ ޖަލާއި ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުންވެސް ސާމްޕަލް ނަގާފަ އެވެ. ހިންމަފުށި ރީހެބްގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ތިން މީހަކު ވަނީ ކޮވިޑަށް ޕޮސިޓިިވް ވެފަ އެވެ.

މާފުށީ ޖަލުން ނެގި ހުރިހާ ޓެސްޓުތައް ކޮވިޑަށް ނެގަަޓިވް ވެފައިވާކަން ކަރެކްޝަންސް އިން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ކޮވިިޑް އަށް ޕޮސިޓިވްވި މީހުންގެ އަދަދު 1078 އަށް އަރާފައިވާއިރު، މި ބަލިން ރަނގަޅުވި މީހުންގެ އަދަދު 58 އެވެ.