ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޕޮޒިޓިވްވީ ފުލުހުންގެ އަދަދު 23 އަށް އަރައިފި

ކޮވިޑް-19 އަށް ޕޮޒިޓިވްވީ ފުލުހުންގެ އަދަދު 23 އަށް އަރައިފި އެވެ.

އެކަން ހާމަކުރައްވާ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ތެރޭގައި ބަލި ފެތުރުނަ ނުދިނުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ކޮވިޑްގެ ބަލިމަޑުގައި ފުލުހުން ގެންދަނީ ފްރަންޓްލައިންގައި މަސައްކަތް ކުރަމުންނެވެ. ސީޕީ ވިދާޅުވީ މިހާތަނަށް 23 ފުލުހަށް ބަލި ޖެހިފައިވާ ކަމަށާ އެ މީހުންގެ ހާލުު ރަނގަޅު ކަމަށެވެ. އަދި އެމީހުންނާ ގުޅާ އެކަން ޔަގީންކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ކޮވިޑް ޖެހުނު ފުލުހުންނާއި ގުޅިގެން ގިނަ ފުލުހުންތަކެއް އެކަހެރިކޮށްފައިވާ ކަމަށްވެސް ހަމީދު ވިދާޅުވިއެވެ. އެގޮތުން 293 ފުލުހުން އެކަހެރިކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 1078 އަރާފައެވެ. އޭގެ ތެރޭގައި ފްރަންޓްލައިންގައި މަސައްކަތްކުރާ 199 މީހުން ހިމެނޭ ކަމަށް އެންއީއޯސީން ވަނީ ބުނެފައެވެ.