ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އަމީންގެ ފޮޓޯ ޓުވީޓުކޮށް ޖަމީލް ވިދާޅުވީ ހިޔާނާތްތެރިން ކަމަށް

ސިޔާސީ ހަރަކާތްތަށް ފެށުނީއްސުރެ އެންމެ އަރިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ ފޮޓޯ ޓުވީޓުކޮށް އެއީ ހިޔާނާތްތެރިއެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅު ވެއްޖެ އެވެ.

އަމީންގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން އެންމެ އިސްކޮށް މަސައްކަތް ކުރަމުންދާ ފަރާތްތަކުގެ ފޮޓޯތައް ޓުވީޓު ކުރައްވާ ޖަމީލް ވިދާޅުވީ މި ފެންނަނީ އަސްލު ހަގީގަތް ކަމަށާއި ދުނިޔޭގެ ނިސްބަތުން މި ވައިރަހާ ދެކޮޅަށް އެންމެ ބޮޑު ހަރަދެއް ކުރަނީ ރާއްޖެއިން ކަމަށެވެ. ނަމަވެސް އެންމެ ނަތީޖާ ދަށް ގައުމަކީ ރާއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕޯސްޓްމޯޓަމް އިން ފެންނަނީ މުޅީން ވެސް ހިޔާނާތްތެރީން. މަންޒަރު ސާފުވެއްޖެ. ގާބިލްކަމެއް، ލީޑަޝިޕެއްވެސް ނެތް. ދެން އޮތީ ސަލާމަތްތެރިކަން ހޯދަން ނުކުތުން." ޑރ. ޖަމީލް ކުރެއްވި ޓްވީޓުގައި ބުނެފައި ވެ އެވެ.

މި ސަރުކާރުން ގެންނަން މަސައްކަތްކުރި އިރު އެންމ ކުރީ ސަފުގައި ޑރ. ޖަމީލް މަސައްކަތް ކުރެއްވި ނަމަވެސް ސަރުކާރު ފެށިގެން ދުވަސްކޮޅެއްވީފަހުން ފެންނަން ފެށީ ސަރުކާރާދެކޮޅަށް ބަހުގެ ހަމަލާތަށް ދެމުންގެންދާ މަންޒަރެވެ. ނަމަވެސް މިއީ ފޮޓޯ އާންމުކޮށް ފާޅުގައި ފާޑުކީ ފުރަތަމަ ފަހަރެވެ.

ސިޔާސީ ޕާޓީތައް އުފެދި ސިޔާސީ ހަރަކާތްތަކުގައި ރަސްމީކޮށް ބައިވެރިވީއްސުރެން ޑރ. ޖަމީލް އާއި އަމީން އަކީ ވަރަށް ގާތްކޮށް އުޅުއްވި ދެ ރަހްމަތްތެރިންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ޑރ. ޖަމީލް ސަރުކާރުގެ އިސްވެރިންތަކަށް ކޮރަޕްޝަނުގެ ތުހުމަތު ކުރެއްވި އިރު އިދިކޮޅުންވެސް ވަނީ މިފަދަ ތުހުމަތުތަކެއް ސަރުކާރަށް ކޮށްފަ އެވެ.