ދުނިޔެ

ކޮންކޯޑު އަނެއްކާ ވެސް އުދުހެންފަށަނީ؟!

Sep 20, 2015

އަޑަށްވުރެ ދެގުނަ ބާރަށް ދަތުރުކުރާ ކޮންކޯޑު މަތިންދާ ބޯޓު އަނެއްކާވެސް އުދުހުމަށް ގެންނާނެ ކަމަށް ކްލަބް ކޮންކޯޑުން ބުނެފިއެވެ. ޕައިލެޓުންނާއި ވައިގެ އުދުހުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަކުން ހިންގާ ކްލަބް ކޮންކޯޑުން މިހާރު ވަނީ މިކަމަށް ބޭނުންވާ ސަތޭކަ ވިހި މިލިއަން ޕައުންޑް ހަމަކޮއްފައެވެ.

ކޮންކޯޑެއް އަނބުރާ އުދުހެން ފެށުމުން މި ބޯޓު ބޭނުން ކުރާނީ ވައިގެ އުދުހުންތައް ދައްކާލާ ޝޯތަކުގައާއި، ހާއްސަ އިވެންޓު ތަކުގައާއި، ޕްރައިވެޓް ޗާޓާ ތަކަށެވެ. ކްލަބުން ބުނީ ފުރަތަމަ ކޮންކޯޑުގެ އުދުހުމަށް ފަންސާސް އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް އަލުން ނެރެން މަސައްކަތް ކުރާ ކޮންކޯޑުގެ އުދުހުންތައް ފަށާނީ 2019 ވަނަ އަހަރު ކަމަށެވެ.

އިނގިރޭސި އަދި ފްރާންސުގެ ދެ ކުންފުނި ގުޅިގެން އުފެއްދި ކޮންކޯޑް ފުރަތަމަ އުދުހުނީ 1969 ގައެވެ. ގަޑިއަކު 1350 މޭލު ބާރުމިނުގައި ދުވާ ކޮންކޯޑު އޮޕަރޭޓް ކުރުން ހުއްޓާލީ ދެހާސް ވަނަ އަހަރު ހިނގި އެކްސިޑެންޓަކާ ވިދިގެން މަތި މައްޗަށް ކޮންކޯޑަށް މައްސަލަތައް ދިމާ ވެގެންނެވެ. ބްރިޓިޝް އެއާވޭސް އަށް ކޮންކޯޑު ގެ ދުއްވުންތައް ހުއްޓާލަން ޖެހުނީ މައިގަނޑު ގޮތެއްގައި ހަރަދު ބޮޑުކަމުން ފައިދާ ނުވާތީ ކަމަށް އެކުންފުނިން ބުންޏަސް ބައެއް އެނަލިސްޓުންގެ ނަޒަރުގައި މިއީ ސިޔާސީ ކަންތައް ގަނޑެކެވެ.