ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

20 ދުވަސްވީ ކުއްޖާގެ ދެވަނަ ސާމްޕަލް ނެގެޓިވް

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ އެންމެ ތުއްތު ކުއްޖާގެ ދެވަނަ ސާމްޕަލް ނެގެޓިވްވެއްޖެ އެވެ.

ވިހޭތާ މަސް ދުވަސްވެސް ނުވާ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެންއީއޯސީން ހާމަކުރީ މިމަހުގެ 16 ވަނަ ދުވަހުގެ ރެއެވެ.

ތުއްތު ކުއްޖާ ޓެސްޓްކުރީ އެ ކުއްޖާގެ ކިބައިން އަލާމާތްތަކެއް ފެންނަން ފެށުމުންނެވެ. އަދި އެކުއްޖާއާ ކޮންޓެކްޓްވި އެހެން މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް އެންއީއޯސީން ބުންޏެވެ.

ކުއްޖާގެ ފުރަތަމަ ސާމްޕަލް ޕޮޒިޓިވްވުމުން ދެވަނަ ސާމްޕަލެއް ވަނީ ނަގާފައެވެ. ނަމަވެސް އެ ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ. އަދި ތިންވަނަ ސާމްޕަލެއް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންއީއޯސީން މިރޭ ވަނީ ބުނެފައެވެ.

ކުއްޖާގެ ފުރަތަމަ ސާމްޕަލް ޕޮޒިޓިވްވީނަމަވެސް އެ ކުއްޖާގެ މަންމަ އަދި ބައްޕަގެ ސާމްޕަލްވެސް ވަނީ ނެގެޓިވްވެފައެވެ.