ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ކޮވިޑް ރިކަވަރީ ސްކީމުން 103 ވިޔަފާރިއަކަށް ލޯނު ދީފި

May 20, 2020
1

ބީއެމްއެލް އިން ކޮވިޑް-19 އާ ގުޅިގެން ގެއްލުވި 103 ވިޔަފާރި އަކަށް ލޯނު ދޫކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ބޮޑެތި ވިޔަފާރިތަކަށް އެހީވާން ބީއެމްއެލް އިން ތައާރަފުކޮށްފައިވާ "ކޮވިޑް ރިކަވަރީ ސްކީމް" އާ ބެހޭ ގޮތުން، ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަން މުހައްމަދު ސައީދު ވިދާޅުވީ މިހާތަނަށް 103 ވިޔަފާރިއަކަށް 155 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން 80 ފަރާތެއްގެ ޑޮކިއުމެންޓް ޕްރޮސެސްގައި އޮތްއިރު، 30 ފަރާތަކަށް ލޯނު އެޕްރޫވް ކުރިކަމުގެ ސިޓީ ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ލިބެމުންދާ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި ބީއެމްއެލް އިން ފައިނޭންސްކޮށް ދެނީ ރިސޯޓްތަކުގެ އިތުރުން، އަހަރެއްގެ މައްޗަށް ޓާންއޯވާ 10 މިލިއަނަށް ވުރެ މަތިން ލިބޭ ވިޔަފާރި ތަކަށެވެ.

ބޭންކް އިން ދޭ މި ފައިނޭންސް ސްކީމު ދޫކުރަނީ އަހަރަކު 6 ޕަސެންޓުގެ އިންޓެސްޓުގަ އެވެ. މި ފައިނޭންސިން އަނބުރާ ދައްކަން މަ މަހުގެ ގްރޭސް ޕީރިއަޑެއް ލިބެ އެވެ. އަދި ލޯނު ދައްކަން ހަލާސް ކުރަން ތިން އަހަރު ދޭނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދިވެހިންނަށް އެންމެ ބޮޑު އެހީތެރިކަމެއް ދިން ފަރާތްތަކުގެ ތެރޭގައި ބީއެމްއެލް ހިމެނެ އެވެ. ބީއެމްއެލް އިން ވަނީ އެ ބޭންކުގައި ހުރި ހުރިހާ ލޯނެއް ފަސްކޮށްދީފަ އެވެ. ސަރުކާރުން ވަނީ ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް އެހީވުމަށް "2.5 ބިލިއަން ރުފިޔާގެ ރިލީޕް ޕެކޭޖެއް" ނެރެފަ އެވެ. މި ޕެކޭޖުގައި ކުދި ވިޔަފާރިތަކަށް އެހީވުމުގެ ބައެއްވެސް ހިމެނެ އެވެ. މިބައިން އެހީދެނީ، އެސްޑީއެފްސީ އިންނެވެ.