ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޑރ. މުހައްމަދު ޖަމީލް އަހުމަދު

ހިޔާނާތަށް ރައީސް ޖަވާބުދާރީ ކުރުވޭނެ: ޖަމީލް

ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމުގެ ނަމުގައި ސަރުކާރުގެ ތެރޭގައި ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ޖަވާބުދާރީ ކުރެވޭނެ ދުވަސް އަދި އަންނާނެ ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތަށް ދައުލަތުން ދަނީ ބޮޑެތި ހަރަދުތަކެއް ކުރަމުންނެވެ. އެގޮތުން ފަރުވާދޭނެ މެޝިނަރީޒް ހޯދުމާއި، ފެސިލިޓީތައް ގާއިމް ކުރުމާއި އެ ނޫންވެސް އެކި ކަންކަމަށް މިހާތަނަށް އެތައް މިލިއަން ރުފިޔާއެއް ވަނީ ހަރަދުކޮށްފައެވެ. އެ ހޭދައިގެ ތަފްސީލްތައް ފިނޭންސް މިނިސްޓްރީން ދަނީ ހާމަކުރަމުންނެވެ.

ނަމަވެސް ދައުލަތުން ކުރާ ހޭދަގައި ކޮރަޕްޝަނަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފައިވާ ކަމުގެ ތުހުމަތުތައް ބައެއް ފަރާތްތަކުން ދަނީ ކުރަމުންނެވެ.

ޖަމީލް ވިދާޅުވީ މިރޭވެސް ގައުމާ މުހާތަބުކުރައްވާ ރައީސް ސޯލިހް ވިދާޅުވެ ދެއްވީ އެތައް މިލިއަން ރުފިޔާއެއްގެ ކޮރަޕްޝަން ރިޕޯޓެއް ކަމަށެވެ. ކޮވިޑްގެ ހާލަތުން އަރައިގަތުމާއި ހަމައަށް އައިރުވެސް ވެންޓިލޭޓަރާއި އެހެނިހެން ވަސީލަތްތައް އަދިވެސް ގާއިމް ކުރެވިފައިނުވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

"ގައުމު ހުޅުވެން ތައްޔާރުވާއިރު ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ބިޔަވެ ފަލަވެ، ރައްޔިތުން އަނަރޫފަވެއްޖެ. ތިޔަ ހިޔާނާތަށް މަނިކުފާނު [ރައީސް ސޯލިހް] ޖަވާބުދާރީ ކުރުވޭނެ." ކެބިނެޓް ބައްދަލްވުމުގެ ފޮޓޯއަކާއެެކު ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ދުނިޔޭގެ ނިސްބަތުން މި ވައިރަހާ ދެކޮޅަށް އެންމެ ބޮޑު ހަރަދެއް ކުރަނީ ރާއްޖެއިން ކަމަށެވެ. ނަމަވެސް އެންމެ ނަތީޖާ ދަށް ގައުމަކީ ރާއްޖެ ކަމަށެވެ.