މަރު

ގުރައިދޫގައި ބިދޭސީއަކަށް ހަމަލަދީ މަރާލައިފި

ތ. ގުރައިދޫގައި ބިދޭސީއަކަށް ހަމަލާދީ މަރާލައިފި އެވެ.

ފުލުހުން ވަނީ އެކަން ޔަގީންކޮށްދީފައެވެ. ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ތ. ގުރައިދޫގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި މާރާމާރީއެއް ހިންގާފައިވާ ކަމަށެވެ. އެ މާރާމާރީގައި ތޫނު އެއްޗަކުން ބިދޭސީއަކަށް ހަމަލާދީފައިވާ ކަމަށެވެ.

މިރޭ 01:00 އެހާކަންހާއިރު ހިނގި މި ހާދިސާގައި ޒަހަމްވި ބިދޭސީ މީހާ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އަދި މައްސަލަގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.