ތ. ގުރައިދޫ

ގުރަައިދޫ ފަޅުތެރެއަށް ވެއްޓުނު މީހަކު މަރުވެއްޖެ

Sep 7, 2020

ތ. އަތޮޅު ގުރައިދޫ ފަޅުތެރެއަށް ވެއްޓުނު މީހަކު މަރުވެއްޖެ އެވެ.

އެމީހާ ވެއްޓުނު ހާދިސާ ހިނގާފައި ވަނީ މިރޭ 8:45 އެހާކަންހާއިރު އެވެ. އެ ރަށު ފަޅުތެރެއަށް ވެއްޓި މަަރުވެފައިވަނީ 84 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވެފައި ވަނީ ފަޅުތެރެއަށް ވެއްޓުނު ފަހުން ނަގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

ފުލުހުން ބުނީ އެ ހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށެވެ.