ހަބަރު

ގުރައިދޫ މަރު: ތުހުމަތަށް ބިދޭސީއަކު ހައްޔަރުކޮށްފި

ތ. ގުރައިދޫގައި ބިދޭސީއަކަށް ހަމަލާދީ މަރާލި މައްސަލައިގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފި އެވެ.

ގުރައިދޫގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި ހިނގި މާރާމާރީއެއްގައި ބިދޭސީއަކު މަރާލާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭ 00:45 ގައެވެ.

ފުލުހުން މިރޭ ބުނީ ބިދޭސީ މީހާއަށް ހަމަލާދީ މަރާލި މައްސަލައާއި ގުޅިގެން 22 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެކެވެ.

މިމީހާ މަރާލާފައިވަނީ ދެ މީހެއްގެ ދެމެދުދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ކަމަށް މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އަދި މައްސަލައާއި ގުޅިގެން ފުލުހުން ހޯދަންޖެހޭ ފޮރެންސިކް ހެކި ހޯދާ ތަހުގީގު ފުރިހަމަ ކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.