ވިޔަފާރި

ޓޫރިޒަމް އަލުން ހުޅުވާލަން އަންނަ މަހު ހަރަކާތެއް

May 21, 2020

ޓޫރިޒަމް ހުޅުވާލަން ތައްޔާރުވުމުގެ ގޮތުން އަންނަ މަހު ހާއްސަ ހަރަކާތެއް ބާއްވަން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ތައްޔާރު ވެއްޖެ އެވެ.

ބަޖެޓް ބޮޑު ކޮށްފައިވި ނަމަވެސް ބޭރު ގައުމުތަކުން އާދައިގެ ބްލޮގްރުން ރާއްޖެ ގެނައުން ފިޔަވައި ފަހަކަށް އައިސް މާ ބޮޑު ހަރަކާތެއް ނޯންނެ އެމްއެމްޕީއާރްސީ އިން ބުނީ "މޯލްޑިވްސް - ދަ ސަން ވިލް ރެއިޒް އެގެއިން" ގެ ނަމުގައި ބާއްވާ މި ހާއްސަ އިވެންޓުގައި ރާއްޖޭގެ ގުދުރަތީ ރީތިކަ މުގެ ހަނދާންތައް ދުނިޔެއަށް ދައްކާލާނެ ކަމަށެވެ.

އެމްއެމްޕީއާރްސީން ބުނީ ފޭސްބުކްގައި ވާޗުއަލްކޮށް ލައިވްކޮށް ކުރިއަށް ގެންދާނެ މި ހަރަކާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ރާއްޖެއަށް ހެޔޮ އެދޭ ފަރާތް ތަކުން ބައިވެރިވާނެ ކަމަށެވެ. މި ހަރަކާތް އޮންނާނީ އަންނަ މަހުގެ އަށްވަނަ ދުވަހުގެ ރޭގަ އެވެ.

ސަރުކާރުން ދަނީ ޖުލައި މަހު ޓޫރިޒަމް އަލުން ހުޅުވާލަން މަސައްކަތް ކުރަމުންނެވެ. ޓޫރިޒަމް ހުޅުވާލަން ތައްޔާރު ވަނީ އެކި ފިޔަވަހި ތަކަށް ބަހާލައިގެންނެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖެ އަށް ޓޫރިސްޓުން އައުން ވަނީ ހުއްޓިފަ އެވެ. ރާއްޖޭގެ ޓޫރިޒަމް ހުއްޓުމަކަށް އައިރު މިދިޔަ އަހަރު 1.7 މިލިއަން މީހުން އައިސްފައިވެ އެވެ. އަދި މި އަހަރު އަލުން ޖުލައި މަހު ޓޫރިޒަމް ހުޅުވާލައި 400،000 އެހާ ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.