ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރާއްޖެއަށް ޖަޕާނުން އިތުރު 21 މިލިއަން ޑޮލަރުގެ އެހީ

May 21, 2020
2

ކޮވިޑް-19 އިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް ޖަޕާން ސަރުކާރުން ޔޫއެންޑީޕީ މެދުވެރިކޮށް ހިލޭ އެހީ ދީފި އެވެ.

މިއަދު ދީފައިވަނީ 21،740،400 ދިވެހި ރުފިޔާގެ އެހީއެކެވެ. އެއީ މިހާރު އިއުލާން ކޮށްފައިވާ ލޮކްޑައުނަށް ނިމުމެއް އައިސް، އިގްތިސޯދު އަލުން ހުޅުވާއިރު ސަރުކާރަށާއި، ވިޔަފާރިތަކަށް ފަސޭހަތަކެއް ހޯދައިދޭން ދިން އެހީއެކެވެ.

ކުރިންސުރެ ޖަޕާނުން ރާއްޖޭގެ ތަރައްގީއަށް އެހީވެ އެވެ. މިމަހުގެ ކުރީކޮޅު ވެސް ޖަޕާން ސަރުކާރުން ވަނީ ޔުނިސެފް މެދުވެރިކޮށް 5،346،600 ރުފިޔާ އަދި ރެޑް ކްރެސެންޓް މެދުވެރިކޮށް 2،775،000 ރުފިޔާގެ ހިލޭ އެހީ ދީފަ އެވެ.