ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑަށް ޓެސްޓް ކުރާ މެޝިނެއް ހަދިޔާކޮށްފި

ތައިލެންޑްގެ މައިނާ ހޮޓެލް ގްރޫޕުގެ ފަރާތުން ރާއްޖެއަށް ޕީސީއާރު މެޝިނަކާއި ސެނިޓައިޒާ ހަދިޔާ ކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ޕީސީއާރު މެޝިނެއްގެ އިތުރުން ރާއްޖެއަށް 100 ގެލަނުގެ ހޭންޑް ސެނިޓައިޒާ ވެސް އެ ކުންފުނިން ހަދިޔާ ކޮށްފައިވާ ކަމަށެވެ.

ތައިލެންޑުގެ މައިނާ ހޮޓެލް ގްރޫޕަކީ އަނަންތަރާ ދިގު ރިސޯޓާއި އަނަންތަރާ ކިހަވަށް ރިސޯޓު ރާއްޖޭގައި ހިންގަމުން އަންނަ މަައި ކުންފުންޏެވެ.

ޕީސީއާރު މެޝިނަކީ ކޮވިޑް-19 އަށް ޓެސްޓް ކުރަން ބޭނުން ކުރާ މެޝިނެކެވެ. ރާއްޖޭގައި މިހާރު ކޮވިޑް-19 އަށް ޓެސްޓް ކުރަނީ ދެ މެޝިނެއް ބޭނުން ކޮށްގެންނެވެ. އެއީ އައިޖީއެމްއެޗްގައި ބޭނުން ކުރާ މެޝިނާއި ފުލުހުންގެ ލެބޯޓަރީގައި ހުރި މެޝިނެކެވެ. މީގެ އިތުރުން، އަންނަ އާދީއްތަ ދުވަހުން ފަށައިގެން އޭޑީކޭގައި ހުރި މެޝިން ބޭނުން ކޮށްގެން ޓެސްޓް ކުރަން ފަށާނެ އެވެ. މިި މެޝިނާއެކު ޓެސްްޓިން ކެޕޭސިޓީ އިތުރުވާނެ އެވެ.

ރާއްޖޭގައި މިހާތަނަށް 1274 މީހެއް ކޮވިޑް އަށް ޕޮސިޓިވް ވެފަައިވާއިރު އެމީހުންގެ ތެރޭގައި ހިމެނެނީ 452 ދިވެހިންނާއި 822 ބިދޭސީންނެވެ. މި ބަލިން 100 އަށް ވުރެ ގިނަ މީހުން ވަނީ ރަނގަޅުވީ އިރު ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. އެއީ ތިން ދިވެހިންނާއި ބިދޭސީއެކެވެ.