ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އޯލެވެލް އިމްތިހާނުތައް އަންނަ އަހަރު މެއި/ޖޫން އަށް

މި އަހަރުގެ އޮކްޓޯބަރު ނޮވެމްބަރުގައި ބޭއްވުމަށް ތާވަލުކޮށްފައިިވާ ސާނަވީ ނިންމާ އިމްތިހާނުތައް އަންނަ އަހަރުގެ މެއި ޖޫން ގައި ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަަދު ނެރުނު ބަޔާނެއްގައި ބުނީ، މި އަހަރަށް ތާވަލުކޮށްފައިވާ ސާނަވީ ނިންމާ އިމްތިހާނުތައް އަންނަ އަހަރުގެ މެއި ޖޫން ގައި ބާއްވާނެ ކަމަށެވެ. އަދި މި ބަދަލާއެކު އަރަަބިއްޔާ ސްކޫލުގެ ދަަރިވަރުން ހަދާ ޝަހާާދާ ސާނަވިއްޔާ އިމްތިހާންތައްވެސް މި އަހަރު ނޯންނާނެ ކަމަށާއި އެ އިމްތިހާނުތައްވެސް ބާއްވާނީ މޭ ޖޫންގައި ކަމަށެވެ.

"އެހެން ކަމުން މިހާރު ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުންނާއި އަލް މަދަރުސަތުލް އަަރަބިިއްޔަތުލް އިސްލާމިއްޔާގައި ޝަހާާދާ ސާނަވިއްޔާ ހަދާ ދަރިވަރުން 2021 ވަނަ އަހަރުގެ މޭ/ޖޫން އިމްތިހާނުތައް ނިމެންދެން އެ ދަަރިވަރަކު މިހާރު ކިޔަވަމުންދާ ސްކޫލެއްގެ ދަރިވަރެއްގެ ގޮތުގައި ދެމިތިބޭނެ" އެޑިއުކޭޝަންގެ ބަޔާނުގައި ވެ އެވެ.

އިތުރަަށް ބުނެފައިވަނީ، މި ބަދަލުގެ ސަބަބުން ސްކޫލްތަކަށް ދިމާވާނެ ޖާގައިގެ ދަތިތަކާއި މުދައްރިސުންނާއި އެހެނިހެން ވަސީލަތްތަކުގެ ދދަތިތަކުން އަރައިގަތުމަށް އަަންނަ އަހަރުގެ ދިރާސީ އާ އަހަރު މެދުތެރޭގައި ފެށުމަށް ސޯޝަލް ކައުންސިލްގެ ލަފަޔާއެކު ނިންމާފަައިވާ ކަމަށެވެ. އަދި މި ބަދަލު ދާއިމީ ބަދަލަކަށް ހަދަން ފެނޭތޯ ކަމާގުޅުންހުރި ފަރާތްތަކުގެ ހިިޔާލު ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށާއި މަޝްވަރާތަކަށްފަހު އެކަޑެމިކް ކަލަންޑަރަށް ބަދަލުތައް ގެނެވޭނެ ކަމުގައި އެޑިއުކޭޝަނުން ބުންޏެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ސްކޫލްތަކުގެ ކިޔެވުން ވަަނީ މެދުކަނޑާލާފަ އެވެ.