ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިސްކިތް

ހަތް ރަށެއްގައި ނޫނީ މިސްކިތްތައް ހުޅުވުމުގެ ހުއްދަ ދީފި

ހަތް ރަށެއްގައި ނޫނީ މިސްކިތްތައް ހުޅުވުމުގެ ހުއްދަ ދީފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިވަގުތު މިސްކިތްތައް ހުޅުވާލަން ހުއްދަ ދީފައިނުވަނީ އެޗްޕީއޭގެ މޮނިޓަރިންގެ ހާލަތުގައިވާ ރަށްރަށާއި މޮނިޓަރިންއަށް ގެންދެވުނު ރަށްތަކުގެ ތެރެއިން މޮނިޓަރިން އުވާލުމަށްފަހު 14 ދުވަސް ފުރިހަމަ ނުވާ ރަށްތައް ކަމަށެވެ.

އެޗްޕީއޭގެ މޮނިޓަރިންގައި މިވަގުތު ވަނީ ތިން ރަށެކެވެ. އަދި މޮނިޓަރިންއަށް ގެންދެވުނު ރަށްތަކުގެ ތެރެއިން މޮނިޓަރިން އުވާލުމަށްފަހު 14 ދުވަސް ފުރިހަމަ ނުވާ ހަތަރު ރަށެއް އެބައޮތެވެ.

މިސްކިތް ހުޅުވާނުލާ ރަށްތައް

  • މާލެ ސިޓީ
  • ށ. ނަރުދޫ
  • ނ. މަނަދޫ
  • ކ. ހިންމަފުށި
  • ކ. ތުލުސްދޫ
  • ހއ. ތަކަންދޫ
  • ށ. މިލަންދޫ

އިސްލާމިކް މިނިސްޓްރީން ބުނީ މި ރަށްރަށުގެ މިސްކިތްތައް ހުޅުވާލެވޭނީ ހާލަތު ބަދަލުވުން ކަމަށެވެ.

ގިނަ ރަށްރަށުގައި މިސްކިތްތައް އަލުން ހުޅުވާލާފައިމިވަނީ އީދުގެ ކުރިން މިސްކިތުގެ ޖަމާއަތް ފެށުމުގެ ހުއްދަ ދިނުމަށް ބައެއް އިލްމުވެރިންނާއި ކައުންސިލްތަކުންވެސް ގޮވާލާފައި ވަނިކޮށެވެ.

މަހަކަށްވުރެ ދިގު މުއްދަތަކަށްފަހު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ހުކުރު ނަމާދުގެ ޖަމާއަތަށްފަހު އެވެ.