ސަލަފް ޖަމިއްޔާ

އަންހެނުންނަށް ހާއްސަ ދަރުސްތަކެއް

ޖަމިއްޔަތުއްސަލަފުގެ ފަރާތުން އަންހެނުންނަށް ހާއްސަ ދަރުސްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

"މުއުމިނުތަކުންގެ މަންމަ" މިނަމުގައި ސަލަފުން ކުރިއަށް ގެންދާ މި ދަރުސްތައް މާދާއިމް ފެށިގެން ޝައްވާލު މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ސަލަފްގެ އޮފިޝަލަކު ވިދާޅުވީ މިސިލްސިލާ ދަރުސްތަކުގައި ބަލާލާނީ ރަސޫލާގެ އަނބިއަނބިކަނބަލުންގެ ހަޔާތްފުޅުގެ މައްޗަށް ކަމަށެވެ.

އެ ޖަމިއްުޔާާގެ ފޭސްބްކް ޕޭޖުން މި ދަރުސްތައް ގެނެސްދޭނީ ކޮންމެ ދުވަހެއްގެ ހަވީރު 17:00 ގައެވެ. ދަރުސް ދެއްވާނީ އައްޝައިހް އަހުމަދު ސަމީރެވެ. ރަސޫލާގެ އަނބިއަނބިކަނބަލުންގެ ހަޔާތްފުޅުގެ ވަރަށް ގިނަ މައުލޫމާތު މި ދަރުސްތަކުން ލިބިގެންދާނެއެވެ.

"އަންހެން ބޭފުޅުންނަށް ވަރަށް ހާއްސަ. އަޅުގަނޑުމެންގެ އެންމެންގެ މައިން ކަމަށްވާ ނަބީކަލޭގެފާނުގެ މަތިވެރި އަނބިއަނބިކަނބަލުންނާއިބެހޭ ވަރަށް ގިނަ މައުލޫމާތުތައް މި ދަރުސްތަކުން ލިބޭނެ." ސަލަފްގެ އޮފިޝަލަކު ވިދާޅުވިއެވެ.

ރާއްޖޭގައި އޮތް އެންމެ ހަރަކާތްތެެރި އެއް ޖަމިއްޔާ ކަމަށްވާ ޖަމިއްޔަތުއް ސަލަފުން މިއަހަރުގެ ރޯދަ މަހާއި ގުޅިގެންވެސް އޮންލައިން ގިނަ ޕްގަރާމްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.