ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އުރީދޫން އީދާ ދިމާކޮށް ޑިޖިޓަލް މިއުޒިކް ޝޯއެއް ބާއްވައިފި

May 25, 2020
3

އުރީދޫ މޯލްޑިވްސް އިން މި އަހަރުގެ ކުޑަ އީދުގެ މުނާސަބަތުގައި ޖިޓަލް މިއުޒިކް ޝޯއެއް ބާއްވައިފި އެވެ.

"އުރީދޫ އީދު ޝޯ 2020" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޝޯ ދައްކާފައިވަނީ ރޭ، 9:00 ގައި އެ ކުންފުނީގެ ޔޫޓިއުބް ޗެނަލުންނެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ މިފަދަ ގޮތަކަށް އީދު ޝޯ ބޭއްވީ ފިތުރު އީދަކީ އާންމު ގޮތެއްގައި އާއިލާއާއި ގާތްތިމާގެ މީހުންނާއި ރައްޓެހިނަށް ޒިޔާރާތްކޮށް، އީދު ސަލާމް ބަދަލު ކޮށް، އެންމެން އެއްކޮށް ކާލާ އުފާވެރި ވަގުތުތަކެށް ހޭދަކުރާ ދުވަހެއް ނަމަވެސް މި އަހަރުގެ އީދަކީ އެހެން އަހަރުތަކާ ހިލާފަށް ގޭގައި އެންމެ ތިބެން ޖެހިފައިވާ ދުވަސް ވަރަކަށް ވާތީ ކަމަށެވެ. މި ޝޯގެ މަގުސަދަކީ ގޭގައި ތިބެގެން އުފާވެރި، ކުލަގަދަ އީދެއް ފާހަގަ ކުރުމުގެ ފުރުސަތު ދިނުމެވެ.

އުރީދޫ އީދު ޝޯގައި ރާއްޖޭގެ މަޝްހޫރު ފަންނާނުން ބައިވެރިވެރިފައިވެ އެވެ. އޭގެ ތެރޭގަައކ ޒަކިއްޓެ އާއި އަންޔާ އަދި މީރާގެ އިތުރުން ޝަންމޫނު އާއި ހަބޭސް އިންޑީ އަދި ހަބޭސް ތޮލާގެ އިތުރުން އިބްރާހިމް ވަހީދު - ބޮޑުބެ އަދި ޒަމާނުއްސުރެ ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ ކުޅަދާނަ ގިޓާ ކުޅުންތެރިޔާ ފަސީ ލައިވް ހިމެނެ އެވެ.