ބޭރު ކުޅިވަރު

އާ ކޯޗާއެކު ޑޯޓްމުންޑަށް އާ ރެކޯޑެއް

Sep 21, 2015

ޖަރުމަނުގެ ޗެމްޕިއަން ބޮރޫޝިޔާ ޑޯޓްމުންޑުން އާ ކޯޗު ތޯމަސް ޓުޗެލްއާ ކުލަބުގެ ރެކޯޑެއް ހަދައިފި އެވެ.

ހުސްވި ސީޒަނަށް ފަހު ކޯޗުކަމުން ޖާގަލް ކްލޮޕް އިސްތިއުފާދިނުމުން ޓީމާ ހަވާލުވި ޓުޗެލްގެ އިރުޝާދުގެ ދަށުން ޑޯޓްމުންޑް ވަނީ ކުޅުނު 11 މެޗުން ވެސް ކާމިޔާބުކޮށްފަ އެވެ. މިއީ އެކުލަބުގެ ރެކޯޑެވެ.

މީގެ ތެރެއިން ޖަރުމަނު ލީގުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެ ޑޯޓްމުންޑް މިވަގުތު އޮތީ ޖަރުމަނު ލީގުގެ އެންމެ ކުރީގަ އެވެ. އެއީ ދެވަނާގައިވާ ޗެމްޕިއަން އަދި ވާދަވެރި ބަޔާން މިއުނިކާ ޕޮއިންޓްގެ ގޮތުން ހަމަހަމަވެ ފައިދާ ގޯލުގެ ތަފާތުންނެވެ.

ޑޯޓްމުންޑް ވަނީ މި ސީޒަނުގައި މިހާތަނަށް ފައިދާ 15 ގޯލު ހޯދައިފަ އެވެ. ބަޔާން އަށް ލިބިފައިވަނީ ފައިދާ 13 ގޯލެވެ.