ރޭޕް

މަސްތުވެގެން ގޮސް އަންހެނަކު ރޭޕްކޮށްފި

May 26, 2020

ލ. ގަމުގައި މީހަކު އެ ރަށުގެ ގެއަކަށް ވަދެ ގަދަކަމުން އަންހެނަކު ރޭޕްކޮށް ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ގަމުގެ ގެއަކަށް މަސްތުގެ ހާލަތުގައި ހުރި މީހަކު ވަދެ 20 އަހަރުގެ ޒުވާން އަންހެނަކާ މެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގާފައިވާ ކަމުގެ މައްސަލައެއް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިއަދުގެ ވަގުތެއްގައި 28 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ ބަލަމުންއ ގެންދާ ކަމަށެވެ.