ރޭޕް

ރޭޕްގެ ތުހުމަތުވާ މީހުންގެ ބަންދު އަނެއްކާވެސް އިތުުރުކޮށްފި

މާލޭގެ މަގުމަތިން އަންހެނަކު ގަދަކަމުން ހިފަހައްޓައި ރޭޕްކުރަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ބަންދު އަނެއްކާވެސް އިތުރުކޮށްފި އެވެ.

މިދިޔަ މަހު 16 ވަނަ ދުވަހު ހިންގި އެ އަމަލާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 23 އަހަރާއި 18 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭޕްގެ ތުހުމަތުކުރެވޭ ދެ މީހުންގެ ބަންދަށް އަނެއްކާވެސް ހަތް ދުވަސް އިތުރުކޮށްދީފައިވާ ކަމަށެވެ. މިއީ އެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރި ހަތަރު ވަނަ ފަހަރެވެެ.

އަންހެން މީހާ ރޭޕްކުރަން އުޅުނީ ލެމަން ގްރާސް ހުންނަ މަގުގައި ހުންނަ ހަނި ގޯޅިއެއްގެ ކޮޓަރިއަކަށް ވެއްދުމަށް ފަހު އެވެ. ނަމަވެސް ފަހުން އާންމުންގެ ބަޔަކު އައިސް އަންހެން މީހާ ވަނީ ސަލާމަތްކޮށްފަ އެވެ. އެ

ރޭޕްގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންނަކީވެސް ހދ. އަތޮޅަށް ނިސްބަތްވާ ދެމީހުން ނެވެ. ދެ މީހުންގެވެސް ކުށުގެ ރެކޯޑް އޮވެ އެވެ.

ނަމަވެސް ފަހުން އާންމުވި ވާހަކަތަކުން އެ ދެ މީހުންނަށް ކުރެވޭ ތުހުމަތުތަކުގެ އަސްލެއް އޮތްތޯ ވަރަށް ބޮޑަށް ސުވާލު އުފެދިފައިވެއެވެ.