ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އޯގަސްޓުގައި ލަންކާ އެއާޕޯޓު ހުޅުވާލަނީ

May 26, 2020
1

ކޮލޮމްބޯ (މެއި 26) - ކޮވިޑް-19 ފެތުރޭ މިންވަރު ކޮންޓްރޯލް ކުރެވުމާ ގުޅިގެން އަންނަ އޯގަސްޓު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ސްރީލަންކާގެ އެއާޕޯޓު ބޭރުގެ ފަތުރުވެރިންނަށް ހުޅުވާލަން އެ ބައްޔާ ގުޅޭ ޓާސްކް ފޯހުން ރައީސް ގޮތާބޭ ރާޖަޕަކްސާއަށް ހުށަހަޅައިފި އެވެ.

ކޮވިޑް-19 އިގެ ޓާސްކު ފޯހުން ބުނި ގޮތުގައި މިދިއަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް މުޖުތަމައުގެ ތެރޭގައި އެ ބަލި ޖެހުނު އިތުރު މީހަކު ފެނިފައި ނުވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް މިދިއަ މާޗު މަހުން ފެށިގެން ބޭރު ގައުމުތަކުގެ މީހުން އެތެރެވުން މަނާ ކޮށ ލަންކާގެ ހުރިހާ އެއާޕޯޓުތައް ވަނީ ބޭރުގެ ފްލައިޓުތަކަށް ބަންދުކޮށްފަ އެވެ.

ނަމަވެސް، އެއާޕޯޓުތައް އަލުން ހުޅުވާލުމުގެ ފިޔަވަޅެއްގެ ގޮތުން، ލަންކާގެ ސިވިލް އޭވިއޭޝަނުން ވަނީ މާތަލަ އަދި ރަތުމަލާނަ އެއާޕޯޓަށް ބައިނަލްއަގުވާމީ ފްލައިޓުތަކާއި ޕްރައިވެޓުތައް ޖައްސައިގެން ތެޔޮ އެޅުމާއި، މަރާމާތުތައް ކުރުމުގެ ހުއްދަ މިދިއަ ހޯމަ ދުވަހުން ފެށިގެން ދޭން ފަށައިފަ އެވެ.

ލަންކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1،100 އަށް އަރާފައިވާއިރު، އޭގެ ނުވަ މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ.