ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑްގައި ފަސް ވަނަ މީހަކު މަރުވެއްޖެ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން ފަސް ވަނަ މީހަކު މަރުވެފައި ވެއްޖެ ކަމަށް އެންއީއޯސީން މިރޭ ބުނެފި އެވެ.

މިރޭ އެންއީއޯސީން ބުނީ ރޭގެ ވަގުތެއްގައި މަގުމަތީގައި ހޭނެތިފައި އޮތް ބަންގްލަ ދޭސް މީހެއް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު މަރުވެފައިވާ ކަމަށެވެ.

އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް އެންއީއޯސީން ވަނީ ބުނެފަ އެވެ.

އެންއީއޯސީގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ މަރުވެފައިވަނީ އުމުރުން 45 އަހަރުގެ މީހެއް ކަމަށެވެ. އެއީ ދިވެއްސެއްގެ ގާތުގައި ވަޒީފާ އަދާކުރަމުންދިޔަ މީހެއް ކަމަށާ އޭނާއަކީ ހިތުގެ ބަލި މީހެއް ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.

"ރޭގައި އޭނާ 10 ޖެހިއިރުގައި ފަރީދީ މަގުގައި ހުންނަތާކަންދިޔަކަމަށް، އަދި އޭނާއަކީ ހާޓް ޕޭޝަންޓެއް ކަމަށް. އެމީހާ މަސައްކަތަށްވެސް ނުނިކުންނަތާ ދެ މަސްދުވަސްވަރު ވެދާނެ ކަމަށް، އަދި ބަލީގެ އެއްވެސް އަލާމާތެއް ފެންނަން ހުރި ކަމަކަށް އެނގިފައެއްނުވޭ." މަބުރޫކް ވިދާޅުވިއެވެ.

އެ މީހާއަކީ ބަންގްލަދޭޝްގެ ބަޔަކާއެކު އުޅެމުންދިޔަ މީހެއް ކަމަށާ އެެހެން ކަމުން ގިނަ ބަޔަކަށް އޭނާގެ ފަށުން ބަލިޖެހުމުގެ ފުރުސަތު ނެތް ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވުމުން މިހާތަނަށް ހެދި ކޮންޓެކްޓްރޭސިންގެ ތެރެއިން ހަތަރު މީހަކު ފާހަގަ ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ފަސް މީހަކު ވަނީ މަރުވެފައެވެ. އެއީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ. ރާއްޖެއިން މަރުވި ދިވެހިންނަކީ އުމުރުން ދުވަސްވީ މީހުންނެވެ. އެެންމެ ފުރަތަމަ ރާެއްޖެއިން ކޮވިޑްގައި ބަލި ޖެހުނު މީހާގެ ނަތީޖާވެސް ލިބިފައިވަނީ އޭނާ މަރުވި ފަހުންނެވެ. އެންއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ކޮވިޑްގައި ރާއްޖެއިން ފުރަތަމަ މަރުވި މީހާގެ ސާމްޕަލް ނެގުމުގައިވެސް އަދި ނަތީޖާ ލިބުމުގައިވެސް ވަރަށް ބޮޑަށް ލަސްވެގެންދިޔަކަން ވަނީ ފާހަގަކޮށްފައެވެ.