ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ނިއު ނޯމަލް ތަންފީޒުކުރަން އިންޑޮނީޝިއާއިން ސިފައިން ނެރެނީ

May 27, 2020
1

ޖަކާޓާ (މެއި 27) - ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށް "ނިއު ނޯމަލް" ގެ ދަށުން އިންޑޮނީޝިއާ އަލުން ހުޅުވާލާއިރު، ގައިދުރު ކުރުމާއި މާސްކު އެޅުން ފަދަ އުސޫލުތައް ތަންފީޒު ކުރަން އެތައް ސަތޭކަ ފުލުހުންނާއި ސިފައިން މަގުތަކަށް ނެރެން އެ ގައުމުން ނިންމައިފި އެވެ.

ނިއު ނޯމަލްއަށް ރައްޔިތުން އަމަލު ކުރޭތޯ ބަލަން 340،000 ސިފައިންނާއި ފުލުހުން އެ ގައުމުގެ ހަތަރު ޕްރޮވިންސެއްގައި ހަރަކާތްތެރިވާނެ ކަމަށް ސިފައިންގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.

ހާއްސަކޮށް މީހުން ގިނަ ސަރަހައްދުތަކުގައި ގައިދުރު ކުރުމާއި މާސްކު އެޅުން ފަދަ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވާނެ ކަމަށް އެ އޮފިޝަލު ވިދާޅުވި އެވެ.

ދުނިޔޭގައި ހަތަރު ވަނައަށް އެންމެ އާބާދީ ބޮޑު އިންޑޮނޭޝިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 23،000 އަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 1،390 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ނަމަވެސް، އެ ބަލި ފެތުރޭ މިންވަރު މިހާރު މަޑުޖެހިފައިވުމާއެކު، އިގުތިސޯދީ ހަރަކާތްތައް އަލުން ހިންގުމަށްޓަކައި، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ގައުމު އަލުން ހުޅުވާލަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.