ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ސެޕްޓެމްބަރުގައި ބާލީ ބޭރު ޓޫރިސްޓުންނަށް ހުޅުވާލަނީ

Jul 6, 2020

ޖަކާޓާ (ޖުލައި 6) - ކޮވިޑް-19 އާ ގުޅިގެން ބަންދުކުރުމަށްފަހު، އަންނަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން އިންޑޮނީޝިއާގެ ޓޫރިޒަމް ރަށެއް ކަމުގައިވާ ބާލީ، ބޭރު ފަތުރުވެރިންނަށް ހުޅުވާލަން ނިންމައިފި އެވެ.

ބާލީގެ ޖީޑީޕީގެ 70 ޕަސަންޓް ޓޫރިޒަމަށް ހިއްސާކުރާއިރު، ކޮވިޑް-19 އިގެ ސަބަބުން އިންޑޮނީޝިއާގައި އިގުތިސޯދީ ގޮތުން އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ބާލީ އަށެވެ.

އެ ބައްޔާ ގުޅިގެން، މިދިއަ އޭޕްރީލް މަހުން ފެށިގެން އިންޑޮނީޝިއާގެ ބޯޑަރު ބަންދުކުރުމާއެކު، ޓޫރިޒަމް ވަނީ އެކީގައި ހުއްޓުމަކަށް އައިސްފަ އެވެ.

ނަމަވެސް، ބަލި ފެތުރުން ކޮންޓްރޯލް ކުރެވި، ބާލީ އިންޑޮނީޝިއާގެ ރައްޔިތުންނަށް މިމަހުގެ 31 ވަނަ ދުވަހު ހުޅުވާލަން ވަނީ ނިންމައިފަ އެވެ.

ފަތުރުވެރިންނަށް ހުޅުވާލި ނަމަވެސް، މާސްކު އެޅުމާއި ގައިދުރުކުރުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭނެކަމަށް ބާލީގެ ގަވަރުނަރު ނެރުއްވި ގަރާރުގައި ވަނީ ބަޔާންކޮށްފަ އެވެ.

އިއްޔެ އާ ހަމައަށް ބާލީގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1،800 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 20 މީހުން ވަނީ މަރުވެފަ އެވެ.