ދުނިޔެ

އެޕަލްގެ އެޕް ސްޓޯރަށް ވައިރަސް އަރައިފި

Sep 21, 2015

ކެލިފޯނިއާ (ބީބީސީ) އަޕަލް އެޕް ސްޓޯރަށް ހެކަރުންގެ ހަމަލާއެއް އަމާޒު ވެއްޖެއެވެ. މިއީ ވައިރަސް އެރުން ދުރު އެޕަލް އެޕް ތަކަށް މިކަހަލަ ބޮޑު ހަމަލާއެއް އެރި ފުރަތަމަ ފަހަރެވެ.

އެޕަލް އިން ބުނީ އެޕް ސްޓޯރުގެ އެޕްލިކޭޝަން ތަކަކަށް އަރާފައިވާ މި ވައިރަސް ނައްތާލުމުގެ މަސައްކަތް މިހާރު އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ.

މި ވައިރަސް އަރާފައިވާ އެޕް ތަކަކީ އާންމުކޮށް ޗައިނާގައި ބޭނުންކުރާ އެޕް ތަކެކެވެ. ވައިރަސް އަރާފައިވާ އެޕް ތަކުގެ ތެރޭން ރާއްޖޭގައި އެންމެ މަގުބޫލު އެޕަކީ ވީޗެޓެވެ. އަދި ބިޒްނަސް ކާޑު ސްކޭން ކުރާ އެޕެއް ކަމައްވާ ކެމްކާޑް އަކީ ވެސް ޗައިނާއިން ބޭރުގައި ހިނގާ އެޕެކެވެ.

ހެކަރުން މިފަހަރު ހަމަލާ ދީފައި މިވަނީ އެޕްލިކޭޝަން އުފައްދާ މީހުން މޮޔަ ހައްދައިގެންނެވެ. ހެކަރުން ދަނީ އައިއޯއެސް އެޕް ހަދާ ސޮފްޓްވެއާ "އެކްސްކޯޑް" ގެ ފޭކެއް އުފައްދާ މި ފޭކް ސޮފްޓްވެއާ ޑައުންލޯޑް ކުރުމަށް އެޕް ހަދާ މީހުންނަށް ދައުވަތު ދެމުންނެވެ.