ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލޮކްޑައުން ޕްރޮޓޮކޯލް

އަދިވެސް މިސްކިތްތައް ބަންދު ވާނެ

ލޮކްޑައުންގެ ހާލަތަށް ލުއި ދޭން ނިންމި ނަމަވެސް ކުރިއަށް އޮތް ދެ ހަފުތާގައި ވެސް މިސްކިތްތައް ހުޅުވަން ހަމަޖެހިފައި ނުވާ ކަމަށް އެންއީއޯސީން ބުނެފި އެވެ.

އެ ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަން އަދިވެސް މުޖްތަމައުން މުޅިން ފިލައިގެން ނުދާ ކަމަށެވެ. އަދި ކޮވިޑްގެ ހާލަތު މުޅިން ރަނގަޅު ވެގެން ވެސް ނުދާ ކަމަށެވެ. އެެހެން ކަމުން ލޮކްޑައުންގެ ހާލަތަށް ލުއި ދިން ނަމަވެސް ހުރިހާ ކަމަކަށް ލުއި ދޭން ނިންމާފައި ނުވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ދެ ހަފުތާގައި ލުއިދޭ ކަންތައްތަކުގެ ތެރޭގައި މިސްކިތްތައް ހުޅުވާލުން ނުހިމެނޭ ކަމަށެވެ. އެހެން ކަމުން އެ މުއްދަތުގައި މިސްކިތްތައް ހުންނާނީ ބަންދުކޮށްފައި ކަމަށެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލީ މާޗް މަހުގެ 18 ވަނަ ދުވަހުން ފެށިގެނެވެ. އެއީ ރައްކާތެރިކަމަށްޓަކައި އެޅި ފުރަތަމަ ބޮޑު ފިޔަވަޅެވެ. އޭގެ ފަހުން މާލެ ސިޓީ، އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ލޮކްޑައުން ކުރުމާއި ގުޅިގެން މިސްކިތްތައް ވަނީ ބަންދު ކޮށްފަ އެވެ. އޭގެ ފަހުން އޭޕްރީލް މަހުގެ 19 ވަނަ ދުވަހު މުޅި ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާ، މިސްކިތްތައް ވަނީ ބަންދު ކޮށްފަ އެވެ.

އެ ހުއްދަ މަސްދުވަހަށް ފަހު ދީފައި ވަނީ ރޯދަ މަސް ނިމެން ދެތިން ދުވަހަށްވެފައި އޮއްވަ އެވެ. މިސްކިތްތައް ހުޅުވުމުގެ ހުއްދަ މާލެ ސިޓީއާއި ހަތް ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް ވަނީ ދީފަ އެވެ.

އެހެން ކަމުން ކުރިއަށް އޮތް ދެ ހަފްތާގައިވެސް މާލެ ސިޓީގައި ޖަމާއަތުގައި ނަމާދު ކުރުމެއް ނޯންނާނެެއެވެ. އަދި މިސްކިތްތައް ހުންނާނީ ބަންދުކޮށްފައެވެ.

މިސްކިތް ހުޅުވާ ނުލާ ރަށްތައް

  • މާލެ ސިޓީ
  • ށ. ނަރުދޫ
  • ނ. މަނަދޫ
  • ކ. ހިންމަފުށި
  • ކ. ތުލުސްދޫ
  • ހއ. ތަކަންދޫ
  • ށ. މިލަންދޫ

ލޮކްޑައުންއަށް ލުއިތަކެއް ދިން ނަމަވެސް ސަރުކާރުގެ އޮފީސްތަކާއި ސުކޫލްތައް ހުޅުވުމަށް ނިންމާފައި ނުވާ ކަމަށްވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.