ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރާއްޖޭގެ އަދަދު 1476 އަށް އަރައިފި

ކޮވިޑް-19 އަށް އިތުރު ބަޔަކު ޕޮޒިޓިވްވެ ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 1476 އަށް އަރައިފި އެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މިއަދުގެ މިހާތަނަށް 43 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކުރެވުނު 800 އެއްހާ ޓެސްޓްގެ ތެރެއިންނެވެ.

މިއަދު ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖޭގެ އަދަދު 1476 އަށް އަރާފައިވާއިރު 242 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. އަދި ބަލި ޖެހުނު ދެ މީހަކު ވަނީ ފުރައިގެން ގޮސްފައެވެ.

މިއަދު އެކަނިވެސް 10 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކޮވިޑް ޖެހިގެން ފަސް މީހަކު ވަނީ މަރުވެފަ އެވެ.

މި ބަލީގައި އެންމެ ފަހުން މަރުވި މީހާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މަރުވި ފަހުންނެވެ. އެމީހާ ފެނިފައިވަނީ މަރުވެގެން މަގުމައްޗަށް ވެއްޓިފައި އޮއްވައެވެ. އޭނާއަކީ ހާޓް ޕޭޝަންޓެއް ކަމަށާ މަގުމައްޗަށް ވެއްޓިފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެންއީއޯސީން ވަނީ ބުނެފައެވެ.