ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިސްލާމިކް މިނިސްޓްރީ

ހަތް ރަށެއްގައި ނަމާދުގެ ޖަމާއަތް ހެދުން ޖޫން 14 އަށް މަނާ

May 28, 2020

ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ހަތް ރަށެއްގެ މިސްކިތުގައި ޖަމާއަތުގަައި ނަމާދު ނުކުރާގޮތަށް ނިންމާފައި އޮތް މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ބައެއް ރަށްރަށުގެ މިސްކިތް ތަކުގައި ޖަމާއަތުގަައި ނަމާދު ނުކުރާގޮތަށް ނިންމާފައިއޮތް އޮތުން 14 ޖޫން ވާ އާދީއްތަ ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ.

  • މާލެ ސިޓީ
  • ށ. ނަރުދޫ
  • ނ. މަނަދޫ
  • ކ. ހިންމަފުށި
  • ކ. ތުލުސްދޫ
  • ހއ. ތަކަންދޫ
  • ށ. މިލަންދޫ

މި ރަށްތައް ފިޔަވައި އެހެން ރަށްތަކަށް، މަހަކަށްވުރެ ދިގު މުއްދަތަކަށްފަހު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ހުކުރު ނަމާދުގެ ޖަމާއަތަށްފަހު އެވެ.