ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ޕޮލިސް ސާވިސް

ކޮވިޑްގެ ބަލި މީހަކު މަރުވެފައިވާ ކަމަށް ބުނެ ފަތުރަނީ ދޮގެއް

May 29, 2020

އޮޅުވެލިފުށި ކަރަންޓީން ފެސިލިޓީގައި ހުރި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކު މަރުވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.

ފުލުހުން ބުނީ އޮޅުވެލިފުށި ކަރަންޓީން ފެސިލިޓީގައި ހުރި ކޮވިޑްގެ ބަލި މީހަކު ބާޓް ޓަބެއްގެ ތެރޭގައި މަރުވެފައި އޮތް ކަމަށް ބުނެ ސޯޝަލް މީޑީއާގައި ދައުރުކުރާ ފޮޓޯއާއެކު ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ.

"މި ނާޒުކު ދަނޑިވަޅުގައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި މިފަދަ ދޮގު މައުލުމާތު ފެތުރި މައްސަލަ މި ސާވިސްއިން ތަހުގީގުކޮށް، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގައި ދަންނަވަން."

ފުލުހުން ބުނީ މި ޕޯސްޓް ޝެއާކޮށްފައިވާ މީހުން އެ ޕޯސްޓް ޑިލީޓް ކުރުމަށާ އިތުރު މީހުން އެ ޕޯސްޓް ޝެއާ ނުކުރުމަށް އަންގާ ކަމަށެވެ.

ކޮވިޑާއި ގުޅިގެން ދޮގު މައުލޫމާތުތައް ފަތުރާ މީހުންގެ މައްސަލަތައް ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.