ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް ޓޫރިޒަމް

މާލޭގައި ތިބި ރިސޯޓު މުވައްޒަފުން ރަށަށް ދާން އިތުރު ފުރުސަތެއް

މާލޭގައި ތިބި ރިސޯޓު މުވައްޒަފުންގެ ތެރެއިން ރަށަށް ދިއުމަށް މިހާތަނަށް ރަޖިސްޓްރީކޮށްފައިނުވާ މީހުންނަށް ރަޖިސްޓްރީވުމަށް އިތުރު ފުރުސަތެއް ދީފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިރޭ ބުނީ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒިފުންގެ ތެރެއިން އަމިއްލަ ރަށަށް ދިއުމަށްޓަކައި މާލެ އައިސްތިބި މުވައްޒިފުންގެ ތެރެއިން މާލެ ލޮކްޑައުންވުމުގެ ސަބަބުން ނުދެވި ތިބި މުވައްޒިފުން އެ މިނިސްޓްރީގައި ރަޖިސްޓްރީވުމަށް އިތުރު ފުރުސަތެއް ހުޅުވާލާފައިވާ ކަމަށެވެ.

ކުރިން ހުޅުވާލި ފުރުސަތުގައިވެސް 150 ވުރެ ގިނަ މުވައްޒިފުން ވަނީ ރަޖިސްޓްރީކޮށްފައެވެ. އަދި އެމީހުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ރަށައް ދިއުމަށް ކަރަންޓީންގެ 14 ދުވަހުގެ މުއްދަތު ފުރިހަމަ ކުރުމަށް ކަރަންޓީން ފެސިލިޓީތަކަށް ގެންގޮސްފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިހާތަނަށް ރަޖިސްޓްރީކޮށްފައިނުވާ މުވައްޒިފުންނަށް އިތުރަށް ހުޅުވާލި ފުރުސަތުގެ ތެރެއިން ޖޫން މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް 7223131 އަށް ގުޅައިގެން ނަންނޯޓް ކުރުމަށް ނުވަތަ އެ މިނިސްޓްރީއަށް މެއިލް ކުރުމަށް އެދޭ ކަމަށެވެ.

މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން ވަރަށް ގިނަ ބަޔަކަށް ރަށައް ނުދެވި މާލޭގައި ތިބެން ޖެހުނެވެ. އޭގެ ތެރެއިން 800 ވުރެ ގިނަ މީހުން ގެންދަނީ ރަށައް ދިއުމަށް ކަރަންޓީންގެ 14 ދުވަހުގެ މުއްދަތު ފުރިހަމަ ކުރަމުންނެވެ.