ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް ޓޫރިޒަމް

ރާއްޖެ ހުޅުވާލާއިރު އިތުރު ފީއެއް ނުނަގާނެ

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން ފަތުރުވެރިކަން ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އަލުން ޓޫރިޒަމް ފަށާއިރު އިތުރު ފީއެއް ނުގަނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ނިއު ނޯމަލްގައި ޓޫރިޒަމް ހުޅުވާލަން ތައްޔާރު ވުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން ވަނީ "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން" ގެ ނަމުގައި ޑްރާފްޓެއް ތައްޔާރުކޮށްފައެވެ. އެ ޑްރާފްޓްގައި އަލުން ފަތުރުވެރިކަން ފަށައިގަންނައިރު ބައެއް ފީތައް ނަގަން ހިމަނާފައިވާތީ ދާއިރާގެ ތަޖުރިބާކާރުން އަދި އިންވެސްޓަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިރޭ ޓޫރިޒަމް މިނިސްޓްރީން އިނގިރޭސިބަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖޫން މަހުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި އަލުން އިންޑަސްޓްރީގެ މަސައްކަތްތައް ފަށައިގަންނައިރު ރާއްޖެ އެތެރެވުމަށް އެއްވެސް ފަތުރުވެރިއެއްގެ އަތުން އިތުރު ފީތަކެއް ނުނަގާނެ ކަމަށެވެ. އެކަމުގެ ޔަގީންކަން ހުރިހާ ފަރާތްތަކަށްދޭ ކަމަށްވެސް ވަނީ ބުނެފައެވެ.

ކޮވިޑްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ޝައްޑައުންކޮށް ބޯޑަރުތައް ބަންދުކުރީ މާޗް މަހުގެ 27 ގައެވެ.

ޓޫރިޒަމް ހުޅުވާލަން ތައްޔާރުވުމުގެ ގޮތުން އަންނަ މަހު ހާއްސަ ހަރަކާތެއް ބާއްވަން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން މިހާރު ދަނީ ތައްޔާރުވަމުންނެވެ. އަދި ޓޫރިޒަމް މިނިސްޓްރީންވެސް ގެންދަނީ ގިނަ ހަރަކާތްތަކެއް ރާއްވަމުންނެވެ.