ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އައްޑޫ ބިންތަކުގެ ކުލި ހަ މަހަށް ފަސްކޮށްދޭން ނިންމައިފި

May 31, 2020

އައްޑޫ ސިޓީއިން އެކި ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުގެ ކުލި ހަ މަސް ދުވަހަށް ފަސްކޮށްދޭން އެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ހަ މަސް ދުވަހަށް ކުލި ފަސްކޮށްދޭނީ އެކަމަށް ހުށަހަޅާ ފަރާތްތަކަށެވެ. އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 30 ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

އައްޑޫ ސިޓީގައި ސިނާއީ އެކި ކަންކަމަށް ގިނަ ބިންތަކެއް އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވެ އެވެ. އޭގެ ތެރޭގައި ދަނޑުވެރިކަމުގެ މަސައްކަތްތަކާއި މަސްވެރިކަމާއި ފަތުރުވެރިކަމާއި ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަން ހިންގުމަށް ހިމެނެ އެވެ.

ސަރުކާރުން ވެސް މީގެކުރިން ވަނީ ކޮވިޑް-19އާ ގުޅިގެން ރިސޯޓްތަކުގެ ބިލް ކުލި ހަ މަސް ދުވަހަށް ފަސްކޮށްދޭން ނިންމައިފަ އެވެ.