ޕީޕީއެމް

ޝިޔާމަށް ހަމަލަދިނީ ނަޝީދު އަންގައިގެން: އިދިކޮޅު

މެންބަރު އަހުމަދު ޝިޔާމް ފުލުހުންގެ އިދާރާއިން ނިކުންނެވުން: ޝިޔާމަށް އަނިޔާކުރި މައްސަލަ ފުލުހަށް ވަނީ ހުށައަޅާފައި --ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
0%
0%
0%

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެ މަޖިލީހުގެ ބައެއް މެންބަރުން ހަމަލަދީ އަނިޔާކުރީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިގެން ކަމަށް އިދިކޮޅުން ތުހުމަތުކޮށްފި އެވެ.

ގާނޫނު އަސާސީއަށް ގެންނަ އިސްލާހުގެ މަސައްކަތް އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ކޯލިޝަނުން ލަސް ކުރީ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަދެއްކެވުމުން މެންބަރު ޝިޔާމް ވަނީ މިރޭގެ ޖަލްސާގައި އަޑުގަދަ ކުރައްވާފައެވެ. އެއާއެކު ރައީސް ނަޝީދު ވަނީ ޝިޔާމްގެ ނަން އިއްވާ މަޖިލީހުގެ ތަޅުން ދޫކުރައްވާ ވަޑައިގަތުމަށް އަންގަވާފައެވެ.

ނަމަވެސް ޝިޔާމް ވަނީ މަޖިލީހުގެ ތަޅުން ދޫކުރައްވާ ވަޑައިގަތުމަށް ދެކޮޅު ހައްދަވާފައެވެ. އެކަމާއި ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ޝިޔާމްގެ ގައިކޮޅަށް އަތްލައްވާފައެވެ. ޝިޔާމްގެ ގަމީސްވެސް ވަނީ ވީދާލާފައެވެ. އަދި ބައެއް އެހެން އަނިޔާތައްވެސް ލިބިފައިވެއެވެ.

އިދިކޮޅުން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޝިޔާމްގެ ގައިކޮޅަށް އަތްލާ އަނިޔާކޮށްފައިވާ މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ފުލުހުންނަށް ވަނީ ގޮވާލާފައެވެ.

"ގާނޫނާ ހިލާފަށް ބާއްވަމުން ގެންދާ މަޖިލީހުގެ ޖަލްސާގައި، ރިޔާސަތުން ދައްކަވަމުން ގެންދަަވާ ވާހަކައަކާއި ގުޅިގެން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް، ނިޒާމާބެހޭ މައްސަލައެއް ނެންގެވުމުން އެ މައްސަލަ ފުރުސަތު ދެއްވުމެއްނެތި، މަޖިލީހުގެ ގަވާއިދާ ހިލާފަށް، ވަގުތުން ނަންއިއްވާ އަދި މަޖިލީހުން ނެރުމަށާއި އަދި އެމަނިކުފާނު ގައިގައި ތަޅާލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވި އަޑު އެއްސެވި ކަމަށް އެތަނުގައި ތިއްބެވި މެންބަރުންވެސް ހެކިވޭ."

ޕީޕީއެމުން ބުނީ ޝިޔާމްގެ ހާލުކޮޅު ބޮޑުވެ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށެވެ.

އަވަސްއާ ވާހަކަދައްކަވަމުން ޕީއެންސީގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ މިރެއަކީ ބަރުލަމާނީ ހަޔާތުގައި ކަޅު ރެއެއް ކަމަށެވެ. ދިވެހި ހުރިހާ ރައްޔިތުންގެ ކުރިމަތީގައި އެމްޑީޕީގެ ބައެއް މެންބަރުން އިދިކޮޅު މެންބަރަކަށް ހަަމަލާދީ މަޖިލީހުގައި މާރާމާރީ ހިންގާފައިވާކަމީ ލަދުވެތިވާން ޖެހޭ ކަމެއް ކަމަށެވެ.

11 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345