ކުޅިވަރު

ޖަރުމަންގެ ފުޓްބޯޅައަކީ މިހާރު ޔޫރަޕްގެ އެއް ވަނަ

ކޮވިޑް-19 އަށް ފަހު، ފުޓްބޯޅަ އަލުން އެނބުރި އައިރު މިހާރު ޔޫރަޕްގެ އެއް ވަނަ ފުޓްބޯޅައަކީ ޖަރުމަންގެ ފުޓްބޯޅަ ކަމަށް އެ ގައުމުގެ ގައުމީ ޓީމުގެ ކޯޗް ޔޯކިމް ލޯ ބުނެފި އެވެ.

ކޮރޯނާ ވައިރަސްއަށް ފަހު، ފުޓްބޯޅަ ސީޒަން އަލުން ފެށި ޔޫރަޕްގެ ފުރަތަމަ ގައުމަކީ، ޖަރުމަނެވެ. ލޯ ބުނީ ވައިރަހަށް ފަހު ފުޓްބޯޅަ އަލުން ފެށިއިރު ވެސް ޖަރުމަންގެ ފުޓްބޯޅައިން ފެނުނު ކޮލިޓީ ކަމަށެވެ. މިހާރު ޔޫރަޕްގެ އެއް ވަނަ ފުޓްބޯޅައަކީ ޖަރުމަންގެ ފުޓްބޯޅަ ކަމަށް ބުނެވޭނެ ކަމަށެވެ.

"އެއީ މުޅިން ތަފާތު ފުޓްބޯޅައެއް، ސަޕޯޓަރުންގެ ހަރަކާތްތަކާއެކު ވެސް އެ ތަފާތު ގެނެސްދޭ،" ޖަރުމަންގެ ފުޓްބޯލް ފެޑްރޭޝަންގެ ވެބްސައިޓަށް ދިން އިންޓަވިއުގައި ލޯ ބުންޏެވެ.

"ސަޕޯޓަރުން ނެތި ކުޅެން ޖެހުމުން ވެސް ޕޮޒިޓިވް ކަންތައްތަކެއް އެބަ ފެނޭ، އެހާ ދިގު މުއްދަތަކަށް ފަހު އެނބުރި އައިރުވެސް ކުޅުންތެރިން ކުޅެނީ 80،000 ސަޕޯޓަރުން ދަނޑުގައި ތިބޭއިރު ކުޅޭ ފޯރީގައި."

އޭނާ ބުނީ، އެހާ ގިނަ ދުވަސްތަކެއް މެދުކެނޑުމަށް ފަހު ކުޅޭއިރު ވެސް ކުޅުންތެރިންގެ ފަރާތުން ފެންނަ ހައި ކޮލިޓީ އާއި މޯޓިވޭޝަން ފެނުމުން އޭނާ އަށް ހައިރާކަން ލިބުނު ކަމަށެވެ. ޓީމުތަކުގެ ވާދަވެރިކަން ވެސް ހުރީ ވަރަށް ވަރުގަދަ ރޫހެއްގައި ކަމަށް ލޯ ބުންޏެވެ.

"މި ސަބަބުތަކަށް ވިސްނާއިރު މިހަރު ޔޫރަޕްގެ އެއް ވަނަ ފުޓްބޯޅައެއް އޮތީ ޖަރުމަންގައި ކަމަށް ބުނެވޭނެ." 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ޖަރުމަނަށް ހޯދައިދިން ކޯޗް ބުންޏެވެ.