ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވަޒީފާނެތް މީހުނަށް އޮންލައިން ކޯސްތަކެއް

ވަޒީފާ ނެތް ޒުވާނުން ބޭރުގެ އޮންލައިން ކޯސްތަކެއްގައި ބައިވެރިވާން ޖާގަ ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓުން ބުނެފި އެވެ.

ކޮވިޑް އާ ގުޅިގެން ރާއްޖެއިން ވެސް އެތައް ބައެއްގެ ވަޒީފާތައް ގެއްލިފަައި ވެއެވެ. ވަޒީފާ ގެއްލުނު ފަަރާތްތަކަށް އެހީވުމުގެ ގޮތުން ގޮތުން ކޮމަންވެލްތު އޮފް ލާނިން (ކޮލް) އިން ވަނީ އެކި ދާއިރާތަކުން އޮންލައިން ކޯސްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ދީފަަ އެވެ.

މި ޕްރޮގްރާމްގެ ދަށުން ރާއްޖެއަށް 50 ޖާގަ ދީފަައިވާ ކަމަށް ޔޫތު މިނިސްޓްރީން މިއަދު ބުންޏެވެ.

ޔޫތު މިނިސްޓްރީން ބުނީ، މި ޕްރޮގްރާމްގައި 200 ޔުނިވާސިޓީއެއްގެ އެކި ދާއިރާތަކުން 400 އަށްވުރެ ގިނަ ކޯސްތަކެއް ހިންގާ ކަމަށާއި ގިނަ ގައުމުތަކަށް އެ ފުރުސަތު ދީފައިވާއިރު ރާއްޖޭގެ 50 ޖާގަ ހޮވަނީ ފުރިހަމަ ކޮށްފައިވާ ޑޮކިއުމަންޓުތަކާއެކު އެންމެ ފުރަތަމަ ހުށަހަޅާ 50 ފޯމުގެ ތެރެއިން 25 އަަންހެން 25 ފިރިހެން ކަމަށެވެ.

އުމުރުން 18 އަހަރާއި 35 އަހަރުގެ އުމުރުފުރާގެ މީހުންނަށް ބައިވެރިވެވޭ މި ކޯހަށް ބޭނުންވާ އިންޓަނެޓުގެ ހިދުމަތް ވެސް ދެނީ ޔޫތު މިނިސްޓްރީންނެވެ. ކޯސް ކުރިއަަށް ގެންްދަަނީ މި އަހަރުގެ ސެޕްްޓެމްބަރު 30 އިން ޑިސެމްބަރު 31 ގެ ނިޔަލަށެވެ.

ރާއްޖޭގައި ގިނަ ބައެއްގެ ވަޒީފާ ގެއްލުމުން އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގެ ޕޯޓަލްގައި ގާތްގަނޑަށް 1300 މީހުން ރަޖިސްޓްރީ ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ވަޒީފާއިން ވަކިކުރި މީހުންނާއި، ނޯޕޭ ލީވަށް ފޮނުވާލި މީހުނާއި މުސާރައިން ބައެއް އުނިކުރި މީހުން ވެސް ހިމެނެ އެވެ.