ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ޓޫރިޒަމް ހުޅުވާލީމާ އެމެރިކާ މީހުން އަންނަން ބޭނުން ވަނީ ރާއްޖެ

Jun 3, 2020
2

ކޮވިޑް-19 އަށްފަހު ހުޅުވާލީމަ އެމެރިކާ މީހުން އެންމެ އަންނަން ބޭނުންވާ ގައުމަކީ ރާއްޖެ ކަމަަށް ބުނެފި އެވެ.

އެމެރިކާގެ ޓްރެވަލް ކުންފުންޏެއް ކަމަށްވާ އިންޝުއާމައި ޓްރިޕް އިން ބުނެފައިވާ ގޮތުގައި ގޫގުލްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެމެރިކާ މީހުން ދާން އެންމެ ބޭނުންވާ 10 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. ރާއްޖޭގެ އިތުރުން އެމެރިކާ މީހުން އެންމެ ގިނައިން ސާޗް ކޮށްފައިވަނީ ގްރީސް އާއި ފިޖީގެ ޖަޒީރާ ރަށްތައް ހިމެނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުންގައި ގޭގައި އެމެރިކާގެ ގިނަ ރައްޔިތުން ތިބޭއިރު މިހާތަނަށް އެމެރިކާގެ ސްޓޭޓްތަކުން ރާއްޖޭގެ ނަން އެންމެ ބޮޑަށް ސާޗް ކުރަނީ ކެލިފޯނިއާ އެވެ. މީގެ އިތުރުން ހިމެނެނީ ޖޯޖިއާ އާއި ނިއުޔޯކް ސިޓީ އަދި ޕެންސެލްވޭނިއާ އެވެ. މިހާތަނަށް އެމެރިކާގައި 18،000 އަށް ވުރެ ގިނަ ފަހަރު "ދިވެހިރާއްޖެ" ގެ ނަން ގޫގުލް އިން ސާޗް ކޮށްފައިވެ އެވެ.

ރާއްޖޭގެ އިތުރުން ދެވަނަ އަށް އެންމެ ގިނަ މީހުން ބަލަނީ ގްރީސްގެ ރަށްތަކެވެ. ގްރީސްގެ ރަށްތައް އެންމެ ގިނައިން ސާޗް ކުރަނީ ޓެކްސަސްގެ މީހުންނެވެ.

މިދިޔަ އަހަރު ގޫގުލްގެ ތަފާސް ހިސާބުތައް ބަލާއިރު ވެސް ދުނިޔޭގައި "ދިވެހިރާއްޖެ" އެންމެ ބޮޑަށް ސާޗް ކުރަނީ އެމެރިކާގަ އެވެ.

ސަރުކާރުން ދަނީ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ޓޫރިޒަމް ހުޅުވާލަން ތައްޔާރު ވަމުންނެވެ. ޓޫރިޒަމް ހުޅުވާލުމަށްޓަކައި ގައިޑްލައިން ހެދުމުގެ މަސައްކަތް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެެވެ.

އެމެރިކާއަކީ ރާއްޖޭގެ ޓޫރިޒަމަށް އެންމެ ޕޮޓެންޝަލް ހުރި އެއް މާކެޓެވެ. މިދިޔަ އަހަރު އެމެރިކާއިން 54,474 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 42,901 މީހުންނާ އަޅާ ބަލާއިރު 27 ޕަސެންޓް އިތުރުވުމެކެވެ.