ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ޗައިނާގެ 67 ޕަސަންޓު މީހުން ބުނަނީ ރާއްޖެ ރައްކާތެރި ކަމަށް

Jun 3, 2020

ރާއްޖެއަކީ ދުނިޔޭގައި އޮތް އެންމެ ރައްކާތެރި މަންޒިލުގެ ގޮތުގައި ޗައިނާގެ 67 ޕަސެންޓް މީހުން އަދި ވެސް ގަބޫލުކުރާ ކަމަށް ސާވޭ އަކުން ދައްކައިފި އެވެ.

ސީ ނައިން ހޮޓެލް ނެޓްވޯކް މާކެޓް ރިސާޗް އެންޑް ޑެލިވަރީ އޭޝިއާ ކޮމިއުނިކޭޝަން އިން ހަދާފައިވާ ދިރާސާގައި ބައިވެރިވި ޗައިނާ މީހުންގެ 67 ޕަސެންޓް މީހުން ބުނަނީ ރާއްޖެއަކީ އެންމެ ރައްކާތެރި މަންޒިލް ކަމަށާ 90 ޕަސެންޓް މީހުން ބުނަނީ ދާން ބޭނުންވަނީ ރާއްޖެ އަށް ކަމަށެވެ. އަދި 22 ޕަސެންޓް މީހުންނަކީ ކުރިންވެސް ރާއްޖެ އައިސްފައި ތިބި މީހުންނެވެ.

ޗައިނާ އިން މި ސާވޭގައި ބައިވެރިވި މީހުންގެ ބޮޑުބައި ރާއްޖެއިން ކަމުދަނީ ހަތަރު ތަރީގެ ރިސޯޓްތައް ކަމަށެވެ. އަދި 48 ޕަސެންޓް މީހުން ރާއްޖެ އައިސް ތިބެނީ ބީޗް ވިލާ ތަކުގަ އެވެ.

ސާވޭގައި ބައިވެރިވި ޗައިނާ މީހުންގެ 75 ޕަސެންޓް މީހުން ބުނެފައިވަނީ އެކަނި ދަތުރުކޮށްލަން ކަމުދާ ކަމަށެވެ. އަދި 38 ޕަސެންޓް މީހުން ބުނެފައިވަނީ ބޭނުންވަނީ ގްރޫޕު ހަދާފައި ދަތުރު ކުރަން ކަމަށެވެ. މީގެ އިތުރުން 57 ޕަސެންޓް މީހުން ބޭނުންވަނީ ރާއްޖެގެ ގުދުރަތީ ރީތިކަން ދެކެލާށެވެ. އަދި 21 ޕަސެންޓް މީހުން މޫދު ކުޅިވަރުތަކުގައި ބައިވެރިވާއިރު، 10 ޕަސެންޓް މީހުން އަންނަނީ ހަނީމޫން އަށެވެ.

ރާއްޖެ އަންނަ ޗައިނާ މީހުންގެ 59 މީހުން ބުނިން ހައްދަނީ ސީޓްރިޕް މެދުވެރިކޮށެވެ.

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން މީހުން އަންނަ އެއް ގައުމެވެ. މިދިޔަ އަހަރު އެ ގައުމުން 284،029 މީހުން ރާއްޖެ އައިސްފައިވެ އެވެ.