ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އޮކްސިޖަން ކެޕޭސިޓީ 36 މިލިއަނަށް އިތުރުކޮށްފި

ކޮވިޑް-19 ފެށުނު އިރު އައިޖީއެމްއެޗްގައި އޮކްސިޖަން ކެޕޭސިޓީ ހުރީ ހަތް މިލިއަން ގައި ނަމަވެސް މިހާރު 36 މިލިއަންއަށް އޮކްސިޖަން ކެޕޭސިީ އިތުރުކޮށްފައިވާ ކަމަށް ޑރ. މޫސާ ހުސައިން ވިދާޅުވެއްޖެ އެވެ.

މިއަދު އެންއޯސީ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާޙަކަ ދައްކަވަމުން ޑރ. މޫސާ ވިދާޅުވީ ކޮވިޑް-19 ރާއްޖެއިން ފެނުނު އިރު މި ބަލީގައި ކްރިޓިކަލް ހާލަތަށްދާ މީހުންނަށް ބޭނުންވާ ވަރަށް އޮކްސިޖަން ކެޕޭސިޓީ ނެތް ނަމަވެސް މިހާރު އެ ކެޕޭސިޓީ ބޮޑުތަނުން އިތުރު ކޮށްފައިވާ ކަމަށެވެ.

މޫސާ ވިދާޅުވީ ކޮވިޑް-19 ފެށުނު އިރު އެ ހޮސްޕިޓަލުގައި އޮކްސިޖަން ކެޕޭސިޓީ ހުރީ ހަތް މިލިއަންގައި ކަމަށެވެ. ނަމަވެސް ޑަބްލިއުއެޗްއޯ އާއި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުގެ އެހީތެރިކަމާއެކު މިހާރު އޮކްސިޖަން ކެޕޭސިޓީ 36 މިލިއަންގައި ހުރި ކަމަށެވެ. އެހެން ކަމުން ހާލަތު ގޯސްވެ އެއްފަހަރާ ގިނަ ބަޔަކަށް ފަރުވާ ދޭން ޖެހުނު ކަމުގައި ވީނަމަވެސް ކޮންމެ އެނދެއްގައި ބާއްވައިގެންވެސް އޮކްސިޖަން ދެވޭނެ ކަމަށް ވިދާޅުވި އެވެ.

ޑރ. މޫސާ ވިދާޅުވީ އޮކްސިޖަން ދީ ދެވޭ ފަރުވާ އަކީ މި ބަލީގައި ހާލަތު ގޯސްވާ މީހުންނަށް ދުނިޔޭގެ އެހެނިހެން ގައުމުތަކުގައިވެސް ދެމުންދާ ފަރުވާ ކަމަށެވެ.