ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މަނާކޮށްފައިވަނިކޮށް ހިދުމަތް ދިނުމުން މަޒާޑާ ކެފޭ ޖޫރިމަނާކޮށްފި

އެޗްޕީއޭގެ އެންގުމާ ހިލާފަށް މަޖީދީ މަގުގައި ހުންނަ މަޒާޑާ ކެފޭގައި ހިދުމަތް ދިނުމުން އެ ކެފޭ އާއި އެވަގުތު ހިދުމަތް ހޯދަމުން ދިޔަ ބަޔަކު ޖޫރިމަނާ ކޮށްފި އެވެ.

ފުލުހުން ބުނީ މަޒާޑާ ކެފޭގައި ހިދުމަތް ދޭ ކަމަށް ބުނެ ލިބުނު މައުލޫމަތަކާ ގުޅިގެން އެ ކެފޭއަށް ގޮސް ބެލި ބެލުމުން، ލޮކްޑައުންގެ ހާލަތުގައި ބޭރުގައި އުޅެންޖެހޭ އިރު ނަގަންޖެހޭ ހުއްދަތަކެއް ނުނަގައި ހިދުމަތް ހޯދަން ތިބި ބަޔަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި އެޗްޕީއޭގެ އެންގުމާ ހިލާފަަށް ހިދުމަތް ދިނުމުން މަޒާޑާ ކެފޭ ވެސް ވަނީ ޖޫރިމަނާކޮށްފަ އެވެ.

ކޮވިޑް-19އާ ގުޅިގެން ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްތަކުން ކާބޯތަކެތީގެ ހިދުމަތް ދިނުން ސަރުކާރުން ވަނީ މަނާ ކޮށްފަ އެވެ. އެ ތަންތަނުން މިހާރު ދެވޭނީ ހަމައެކަނި ޓޭކްއަވޭ އަދި ޑެލިވަރީގެ ހިދުމަތެވެ.

މިހާތަނަށް ގަވާއިދާ ހިލާފްވެގެން ބައެއް ރެސްޓޯރަންޓްތައް ވަނީ ޖޫރިމަނާވެސް ކޮށްފަ އެވެ. މިފަދަ ތަނަކުން ގަވާއިދާ ހިލާފަށް ހިދުމަތް ދީފިނަމަ ފުރަތަމަ ފަހަރަށް ޖޫރިމަނާ ކުރަނީ 5000 ރުފިޔާއިންނެވެ.