ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ލިންބާގްގެ ވެރިޔާ 1،000 ޕީޕީއީ ކިޓް ހަދިޔާ ކޮށްފި

މެލޭޝިޔާގެ ވިޔަފާރިވެރިޔާ ވިރާ ލިން ކަ ޗޮކް ފަރާތުން ރާއްޖެއަށް 1،000 ޕީޕީއީ ކިޓު ހަދިޔާ ކޮށްފި އެވެ.

ލިންބަގް ހޯލްޑިންގެ ފައުންޑަރު ވަނީ މީގެ ކުރިން ވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން 60،000 ސާޖިކަލް މާސްކް ވަނީ ހަދިޔާ ކޮށްފަ އެވެ.

ކަ ޗޮކް ހަދިޔާ ކުރި 1،000 ޕީޕީއީ ކިޓް މިއަދު ވަނީ ނެޝަނަލް އިމާޖަންސީ ސެންޓަރަށް ހަވާލު ކޮށްފަ އެވެ. ލިންބަގްގެ ފައުންޑަރުގެ ފަރާތުން މި ތަކެތި ހަވާލު ކޮށްދެއްވީ ގްރޭންޑާ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ. ގްރޭންޑާ އިންޓަނޭޝަނަލްއަކީ ލިންބަގްގެ ފައުންޑާގެ ހިއްސާ އޮވެގެން ރާއްޖޭގަައި ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓް ކުރުމަށް އުފައްދާފައިވާ ކުންފުންޏެކެވެ.

މި ތަކެއްޗާ އެންއީއޯސީގެ ފަރާތުން ހަވާލުވީ އެމްޑީއެންއޭގެ ޗީފް އެގްޒެކްޓިވް ހިސާން ހަސަން އެވެ.

ލިންބަގް ހޯލްޑިންގެ ފައުންޑަރު ވިދާޅުވީ އުންމީދަކީ ކޮވިޑާ ދެކޮޅަށް ދިވެހި ރާއްޖެއިން ކުރާ މަސައްކަތް އަވަހަށް ކާމިޔާބުވުން ކަމަށެވެ. އަދި އެހީތެރިކަން ބޭނުންވެފައިވާ މިފަދަ ދަނޑިވަޅެއްގަައި ހިތްހެޔޮ ދިވެހިންނަށް އެހީތެރިކަމެއް ފޯރުކޮށް ދެއްވުމަކީ ލިބުނު އުފަލެއް ކަމަށެވެ.