ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

މެލޭޝިއާގައި ކޮވިޑް ވެކްސިން ޕްރޮގްރާމް އަންނަ ހަފުތާގައި

މެލޭޝިއާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ވިދާޅުވާ ގޮތުން ކޮވިޑް ވެކްސިން ޕްރޮގްރާމް ފަށަން ބޭނުންވާ ފައިޒާ-ބަޔޮންޓެކް ފުރަތަމަ ޝިޕްމަންޓް ފެބްރުއަރީ 21 ގައި މެލޭޝިއާއަށް ލިބޭނެ އެވެ. އެއަށް ފަހު ފަސް ދުވަސް ފަހުން ވެކްސިން ޕްރޮގްރާމް ފަށާނެ އެވެ.

"ވެކްސިން ޕްރޮގްރާމް ފެބްރުއަރީ 26 ގައި ފަށާނެ،" މުހްޔިއްދީން ޔާސީން ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވީ ގައުމީ ވެކްސިން ކެމްޕޭނާ ގުޅޭ ލުއި ފޮތެއް ނެރެދެއްވުމަށް ބޭއްފި ހަފުލާއެއްގަ އެވެ. ވެކްސިން ދެމުންދާ ގޮތް އާންމުންނަށް އޮޅުންފިލުވައި ދިނުމަށް ވެބްސައިޓެއް ވެސް ވަނީ ލޯންޗްކޮށްފަ އެވެ.

މުހްޔިއްދީން ވިދާޅުވީ އެންމެ ފުރަތަ ވެކްސިން ޖައްސަވާނީ އެމަނިކުފާނު ކަމަށެވެ. އެއީ ވެކްސިން ޕްރޮގްރާމަށް އާންމުގެ އިތުބާރާއި އެއްބާރުލުން ހޯއްދެވުމަށް ކަމަށެވެ. އަދި ކެމްޕޭން ކުރިއަށް ގެންދާނީ ތިން ފިޔަވައްސަކަށް ބަހާލައިގެން އަހަރު ދުވަހަށް ދިގު ދަންމާލައިގެން ކަމަށެވެ.

"ވެކްސިން ޕްރޮގްރާމަށް ސަރުކާރުން ވަރަށް ބޮޑު އަހަންމިޔަތުކަމެއް ދޭނެ،" ބޮޑުވަޒީރު ވިދާޅުވި އެވެ. "އުންމީދަކީ މުޅި އާބާދީއަށް ވެކްސިން ދިނުން" އޭނާ ވިދާޅުވީ ވެކްސިން ދިނުމުގައި ވަކި ފަރުދަކު ތަފާތު ކުރެވިފައި ހުރިތޯ ވެސް މުއްސަސާތަކުން ބަލާނެ ކަމަށެވެ. އެގޮތުގައި މުޅި އާބާދީ، 32 މިލިއަން މީހުންނަށް މި ޕްރޮގްރާމުން ލުއި ލިބޭނެ ކަމަށެވެ.

މެލޭޝިއާގައި ވެސް ފުރަތަމަ ވެކްސިން ދޭނީ މަގަތު ސަފުގައި މަސައްކަތްކުރާ ސިއްހީ އޮފިޝަލުންނަށް ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ. އެއަށް ފަހު ދުވަސްވީ މީހުންނަށް އަދި ބޮޑެތި ބަލިތަކަށް ފަރުވާކުރާ މީހުންނަށް ކަމަށެވެ. އޭނާ ވިދާޅުވީ އެ އުސޫލުން ވެކްސިން ޕްރޮގްރާމް އަންނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް ދިގު ދެމިގެންދާނެ ކަމަށެވެ.

ސައިންސް މިނިސްޓަރު، ޚައިރީ ޖަމާލުއްދީން ވިދާޅުވީ ފުރަތަމަ ޝިޕްމަންޓްގައި 312،390 ޑޯޒް ވެކްސިން ކްއާލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓަށް އަންނާނެ ކަމަށެވެ. އަދި ފައިޒާ-ބަޔޮންޓެކް ވެކްސިންގެ އިތުރުން އެހެން ކުފުނިތަކުން ވެސް ވެކްސިން ގަންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ އިތުރު ކުންފުނިތަކުން ވެކްސިން ގަތުމަށްޓަކައި ނެޝަނަލް ފާމަސޫޓިކަލް ރެގިއުލޭޓަރީ އޭޖެންސީއަށް ހުއްދައަށް އެދި ދަންނަވާފައި ވާނެ ކަމަށެވެ.

މެލޭޝިއާގައި ކޮވިޑް ޖެހިފައި މިހާރު 266،445 މީހުން ތިބިއިރު މިބަލީގައި 976 މީހުން މަރުވެފައިވާ ކަމަށް ވެސް ހެލްތު މިނިސްޓްރީން ފާހަގަ ކުރެ އެވެ.