ޓްރާންސްފާ މާކެޓް

ޓިމޯ ވާނާ ޗެލްސީއަށް ބަދަލުވާން އެއްބަސްވެއްޖެ

ޓީމޯ ވާނާ
0%
100%
0%

ޖަރުމަންގެ ލައިޕްޒިގްގެ ފޯވަޑް ޓިމޯ ވާނާ އަންނަ ސީޒަންގައި ޗެލްސީއަށް ބަދަލުވާން އެއްބަސް ވެއްޖެ އެވެ.

ވާނާގެ ޓްރާންސްފާ އަށް ޗެލްސީން ވަނީ 53 މިލިއަން ޕައުންޑް ލައިޕްޒިގްއަށް ދޭން އެއްބަސް ވެފަ އެވެ. މިދިޔަ އަހަރު ހޫނު މޫސުމުގެ ޓްރާންސްފާ ގައި އާ ކުޅުންތެރިޔެއް ނުގެނެވޭ ގޮތަށް ޗެލްސީއާ ދެކޮޅަށް ފީފާއިން އެޅި ޓްރާންސްފާގެ އަދަބުގެ ސަބަބުން މިދިޔަ އެއް އަހަރު އެ ޓީމަށް އަލަށް އެއްވެސް ކުޅުންތެރިޔަކު ނުގެނެވުނެވެ. ވާނާ ވެގެން ދާނީ އަންނަ ސީޒަނަށް ޗެލްސީއަށް ގެންނަ ދެ ވަނަ ކުޅުންތެރިޔާ އަށެވެ. މީގެ ކުރިން އެ ޓީމުން ވަނީ އަޔެކްސްގެ މިޑްފީލްޑަރު ހާކިމް ޒިޔެކްގެ ޓްރާންސްފާ ފައިނަލް ކޮށްފަ އެވެ.

ލިވަޕޫލުން ވެސް ވަނީ ވާނާ ގެންދަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އޭނާގެ ޓްރާންސްފާގެ އަގާ މެދު ލިވަޕޫލަށް އެއްބަސް ނުވެވުނީ އެވެ.

ޖަރުމަންގެ ވީއެފްބީ ސުޓްގާޓުން 2016 ވަނަ އަހަރު ލައިޕްޒިގް އަށް ބަދަލުވި ވާނާ ވަނީ، މިސީޒަންގެ ބުންޑެސް ލީގާގައި މިހާތަނަށް އެ ޓީމަށް 28 ލަނޑު ޖަހައިދީފަ އެވެ. އަދި ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި ޓޮޓެންހަމް ހޮޓްސްޕާސް އާ ދެކޮޅަށް ވެސް އޭނާ ވަނީ ލަނޑު ޖަހާފަ އެވެ.

އުމުރުން 24 އަހަރުގެ ފޯވަޑާއެކު ފަސް އަހަރުގެ އެއްބަސްވުމެއްގައި ޗެލްސީން ސޮއި ކުރާނެ ކަމަށް ބެލެވެ އެވެ. އޭނާ އަށް މުސާރައިގެ ގޮތުގައި ހަފުތާ އަކު 200،000 ޕައުންޑް ދޭންވެސް ޗެލްސީން ވަނީ އެއްބަސް ވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345