ޓްރާންސްފާ މާކެޓް

ހަވާޒްގެ ބިޑަށް ލެވަކޫސަން އެއްބަސްވެއްޖެ

ބަޔާ ލެވަކޫސަންގެ އެޓޭކިން މިޑްފީލްޑަރު، އަދި އާ މައިކަލް ބަލަކްގެ ގޮތުގައި މަޝްހުރުވެފައިވާ ކައި ހަވާޓްޒް ގެންދަން ޗެލްސީން ހުށަހަޅާފައިވާ ބިޑަށް، ލެވަކޫސަން އެއްބަސް ވެއްޖެ އެވެ. އުމުަރުން އަދި 21 އަހަރުގެ ހާވާޓްޒް ވެފައި ވަނީ މިހާރު ޔޫރަޕްގައި ހުރި އެންމެ ހުނަރުވެރި ޒުވާން ކުޅުންތެރިޔާ އަށެވެ.

ޗެލްސީން އޭނާ ގެންދިއުމުގެ ބިޑް ކާމިޔާބު ކުރުމާ ހަމައަށް ބެޔާން މިއުނިކާއި ރިއާލް މެޑްރިޑާއި ބާސެލޯނާއި ޔުވެންޓަސް އިން ވެސް އޭނާއަށް ފާރަލަމުން ދިޔައެވެ.

ޖަރުމަނުގެ ތެރިންގެ ތެރެއިން ޗެލްސީން ފުރަތަމަ 50 މިލިއަން ޕަައުންޑަށް ގެންދިޔައީ ޓީމޯ ވާނާ އެވެ. މިއީ މިފަހަރުގެ ޓްރާންސްފާގައި އަވަދިނެތި ހަރާކަތްތެރި ވަމުންދާ ހާވާޓްޒް ވާނީ ޗެލްސީއިން ގެންދާ ޖަރުމަންގެ ދެ ވަނަ ކުޅުންތެރިޔާ އެވެ.

ރަޝިއާގެ މަހުޖަނު ރޯމަން އަބްރޮހިމޮވިޗްގެ ޗެލްސީން ވަނީ ހަވާޓްޒްގެ ބިޑަށް 80 މިލިއަން ޔޫރޯ ހުށަހަޅާފަ އެވެ. އެ އަގަށް ލެވަކޫސަން އެއްބަސް ވެފައިވާ ކަމަށް ޖަރުމަންގެ ޑީޑަބްލިއު ނޫހުން ބުންޏެވެ.

ޓްރާންސްފާގެ މޫނުމަތީ އަގަކީ 80 މިލިއަން ޔޫރޯ ކަމަށްވިޔަސް ދެ ކުލަބުގެ ދެމެދުގައި ވެވޭ އެއްބަސް ވުމުގެ ދަށުން ދެ މަރުހަލާއަކަށް ބަހާލައިގެން އިތުރު 20 މިލިއަން ޔޫރޯ ލެވަކޫސަން އަށް ދޭން ވެސް ޗެލްސީ އެއްބަސެވެފައިވާ ކަމަށް ޖަރުމަންގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ. އެއީ ކޮންމެ މަރުހަލާއަކަށް 10 މިލިއަން ޔޫރޯގެ މަގުންނެވެ.

ލެވަކޫސަންގެ ކޯޗް ޕީޓާ ބޯސް ހޯމަ ދުވަހު ބުނެފައި ވަނީ، އެ ޓީމުގެ ކެވިން ވޮލޭންޑް އާއި ހަވާޓްޒް އިތުރަށް ލެވަކޫސަން އާއެކު ފަރިތަކުރުން ކުރިއަށް ގެންދާނެކަމަށް ނުބެލެވޭ ކަމަށެވެ. ވިންގް ފޯވަޑަށް ކުޅޭ ވޮލޭންޑް ގެންދިއުމަށް މޮނަކޯއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ހަވާޓްޒްގެ ބަދަލުގައި ލެވަކޫސެންއިން ވަނީ ރޯމާގެ ފޯވާޑް ޕެޓްރިކް ޝިކް ގެންދަން ނިންމާފައެވެ.