ކައި ހަވިއާޒް

ހަވާޓްޒް ޗެލްސީއާއެކު ފަސް އަހަރަށް ސޮއިކޮށްފި

ޖަރުމަންގެ އެޓޭކިން މިޑްފީލްޑަރު އަދި އާ މައިކަލް ބަލަކްގެ ގޮތުގައި މަޝްހޫރުވެފައިވާ ކައި ހަވާޓްޒް، ޗެލްސީއާއެކު ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ. މިއީ ބަޔާން މިއުނިކާއި ރެއާލް މެޑްރިޑާއި ބާސެލޯނާގެ އިތުުރުން މެންޗެސްޓާ ޔުނައިޓެޑް ވެސް ހޯދަން މަސައްކަތް ކުރި ކުޅުންތެރިއެކެވެ.

އޭނާގެ ކުރީގެ ކުލަބު ބަޔާ ލެވަކޫސައިން މިދިޔަ ހަފުތާގައި ވަނީ ޗެލްސީގެ އޮފިޝަލުންނާ ބައްދަލު ކުރުމުގެ ހުއްދަ ދީ ހާވާޓްޒް ރޯލް ފޫއްބަންދަން އެެހެން ކުޅުންތެރިޔަކު ހޯދުމުގެ މަސައްކަތް ފަށާފަ އެވެ. އޭގެ ފަހުން ހާވާޓްޒް ޗެލްސީގެ މެޑިކަލް ހެދުމަށް ލަންޑަނަށް ދިއުމަށް ޖަރުމަންގެ ގައުމީ ޓީމުން އޭނާ ވީއްލައި ދިނުމަށް ވެސް އެ ޓީމުގެ ކޯޗް ޔޯކިމް ލޯ ނިންމި އެވެ.

"އަހަރެން ވަރަށް އުފާވޭ މި ކުލަބަށް އާދެވުނީތީ، ޗެލްސީގެ ވެބްސައިޓަށް ދިން އިންޓަވިއުގައި ހަވާތްޒް 21، ބުންޏެވެ. އަހަރެންގެ ހުވަފެނެއް އެއީ ޗެލްސީ ކަހަލަ ބޮޑު ކުލަބަކަށް ކުޅުން."

ޗެލްސީގެ ޑައިރެކްޓާ މަރިއާނާ ބުނީ، ހަވާޓްޒަކީ އެ އުމުރުގެ ކުޅުންތެރިންގެ ތެރެއިން ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށެވެ.

"އެހެންވީމަ އަހަރެމެން އުފާވޭ އޭނާގެ ކުރިމަގު ޗެލްސީއާއެކު ކުރިއަށް ގެންދާން ނިންމީތީ،" މަރިއާނާ ބުންޏެވެ. "ޔޫރަޕްގެ ވަރުގަދަ އެއް ލީގް [ބުންޑެސް ލީގާ] ގައި ކައި [ހަވާޓްޒް] ވަނީ އޭނާގެ ހުނަރު ސާބިތު ކޮށްދީފަ."

އޭނާގެ ޓްރާންސްފާ ފީގެ ގޮތުގައި ޗެލްސީން ވަނީ 70 މިލިއަން ޔޫރޯ ލެވަކުސަން އަށް ދީފަ އެވެ.