ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންޑިއާގެ 171 މީހަކު ފުރުވާލައިފި

އިންޑިއާގެ 171 މީހަކަށް ފުރުމުގެ ހުއްދަ ދިނުމުން އެ މީހުން ފުރައިފި އެވެ.

ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ބޯޑަރު ބަންދުކޮށް ފިވަޅުތައް އަޅާފައިވުމުން، ރާއްޖޭގައި ވެސް ބޭރު ގައުމުތަަކުގެ މީހުން އެނބުރި ގައުމަށް ނުދެވި ތާށިވެފައި ވެއެވެ.

އިމިގްރޭޝަންނުން ބުނީ، ދެ ގައުމެއްގެ މީހުނަށް ފުރަން ހުއްދަ ލިބުމުން އެމީހުން ފުރުވާލާފައިވާ ކަމަށެވެ. އެއީ އިންޑިއާގެ 171 މީހަކާއި ޔޫރަޕުގެ ގައުމުތަކުގެ 29 މީހަކު ކަމަށެވެ. ޔޫރަޕްގެ މީހުން އެ މީހުންގެ ގައުމްތަކަށް ދާނީ ކޮލޮމްބޯ މަގުންނެވެ.

މި މީހުން ފުރާފައި ވަނީ އެމީހުން ގެންދަން އިންތިޒާމް ކުރި އިވެކުއޭޝަން ފްލައިޓެއްގައި ކަމަށް ވެސް އިމްގްރޭޝަނުން ބުންޏެވެ.

ގަވާއިދާ ހިލާފަަށް، ސައްހަ ލިޔެކިޔުމެއް ނެތި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު 60،000 އަށް ވުރެ ގިނަ ކަމަށް ކަމަށް ކަމާބެހޭ އިދާރާތަކުން ކުރިން ވަނީ ބުނެފަ އެވެ. ސަރުކާރުން ދަނީ އެކި ސަބަބުތަކާ ހުރެ ނުދެވިފައި ތިބި މީހުންނާއި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހުން ވެސް ގައުމަށް ފޮނުވަމުންނެވެ.