ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް އިމިގްރޭޝަން

ޓޫރިސްޓުން ނޫނީ އިންޑިއާ އިން އަންނަ މީހުން ކަރަންޓީނަށް

އިންޑިއާއިން ރާއްޖެ އަންނަ މީހުންގެ ތެރެއިން ޓޫރިސްޓް ވިސާގައި އަންނަ މީހުން ފިޔަވައި އެހެން މީހުން 10 ދުވަހުގެ ހޯމް ކަރަންޓީނެއް ފުރިހަމަ ކުރަން މޯލްޑިވްސް އިމިގްރޭޝަނުން އަންގައިފި އެވެ.

ރޭގެ ވަގުތެއްގައި އިމިގްރޭޝަނުން އެންގި އެންގުމެއްގައި ބުނެފައިވަނީ މި މަހުގެ 22 އިން ފެށިގެން އިންޑިއާއިން އަންނަ ދިވެހިންނާއި ބިދޭސީ މަަސައްކަތްތެރިން 10 ދުވަހުގެ ހޯމް ކަރަންޓީން ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ. އެ އެންގުމުން އިސްތިސްނާވަނީ އިންޑިއާއިން ޓޫރިސްޓް ވިސާގައި ރާއްޖެ އެތެރެވޭ މީހުންނެވެ.

އިމިގްރޭޝަންގެ އެންގުމުގައިވާ ގޮތުން ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރިނަމަވެސް އިންޑިއާއިން އަންނަ ޓޫރިސްޓުން ފިޔަވައި އެހެން މީހުން ކަަރަންޓީންގެ 10 ދުވަސް ފުރިހަމަ ކުރަން ޖެހެއެވެ.

އިމިގްރޭޝަނުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު އެތައް ހާހަކަށް އަރާފައިވަނިކޮށެވެ. އަދި ވަރަށް ގިނަ ގައުމުތަކުން އިންޑިއާއަށް ދަތުރު ހުއްޓާލާ، އިންޑިއާއިން އަންނަ މީހުން އެތެރެވުންވެސް މަނާކޮށްފައިވަނިކޮށެވެ.

އިންޑިއާގައި ހާލަތު ގޯސްވެފައި ވަނިކޮށް އެ ގައުމުން ޓޫރިސްޓް ވިސާގައި އަންނަ މީހުން ކަރަންޓީންވާން ނުޖެހޭތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.