ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އިކުއިޕްމަންޓު ބަހައްޓައިފި

ހުޅުމާލޭގައި ގާއިމް ކުރި މެޑިކަލް ފެސިލިޓީއަށް ބޭނުންވާ އިކުއިޕްމަންޓުތައް އިންސްޓޯލްކޮށް ނިންމައިފި އެވެ.

އެސްޓީއޯ އިން އިއްޔެ ބުނީ ކޮވިޑް-19 އަށް ފަރުވާ ދޭން ހުޅުމާލޭގައި ގާއިމް ކުރި ފެސިލިޓީގައި ސިއްހީ ސާމާނުތައް ބަހައްޓައި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އަދި މެޑިކަލް ތަކެތި ވެސް މިހާރު ފޯރުކޮށްދީފައިވާ ކަމަށެވެ.

މި ފެސިލިޓީގެ މަސައްކަތާއެކު ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭގައި ކުރާ މަސައްކަތަށް އިތުރު ވެގެން ދާނެ އެވެ.

ހުޅުމާލޭގެ ޓްރީޓޮޕް ކުރިމަތިން އޮންނަ ހުސް ބިމުގައި ހެދި 300 އެނދުގެ މެޑިކަލް ފެސިލިޓީގެ މަސައްކަތް ނިންމާ މިހާރު ވަނީ އައިޖީއެމްއެޗާ ހަވާލުކޮށްފަ އެވެ. ފެސިލިޓީ ނިންމަން މަސައްކަތް ފުރަތަމަ ފެށީ އޭޕްރީލް މަހުގެ މެދުތެރެ އަށެވެ. ނަމަވެސް، އެ ތާނގައި މަސައްކަތް ކުރަން އުޅުނު އުޅުނު ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ މަސައްކަތް މެދުކަނޑާލި އެވެ.

އެންއީއޯސީގެ ތަރުޖަމާނު މަބުރޫކު އަޒީޒު މީގެ ކުރިން ވިދާޅުވި ގޮތުގައި، އެ ތަނުގެ ކޮންސްޓްރަކްޝަން މަސައްކަތްތަކަށް 12 މިލިއަން ރުފިޔާ ހަރަދުވާއިރު، އެތަނަށް ބޭނުންވާ އެހެނިހެން ސާމާނު ހޯދަން 28 މިލިއަން ރުފިޔާ ހަރަދު ވެއެވެ. ވެންޓިލޭޓަރުގެ ހިދުމަތް ވެސް ދެވޭ ގޮތަށް ތަރައްގީ ކުރި އެ ފެސިލިޓީގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވީ ސިފައިނެވެ.