ސ. މީދޫ

މީދޫން މީހަކު ގެއްލިގެން ހޯދަނީ

Jun 5, 2020

އައްޑޫ ސިޓީ މީދޫއިން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ މީދޫގައި އުމުރުން 52 އަހަރުގެ އަންހެނަކު މިއަދު ހެނދުނު 7.30 އެހާކަންހާއިރު ގެެއިން ނިކުމެގެން ދިޔަ ގޮތަށް އޭނާގެ ހަބަރެއް ނުވާތީ ފުލުހަށް އެކަން ހުށައަޅާފައިވާ ކަމަށެވެ.

އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ.