ހަބަރު

މީދޫން ހައްޔަރު ކުރީ މުސްކުޅިންނަށް ޖިންސީ ގޯނާ ކުރާ މީހެއް

އައްޑޫ ސިޓީގެ މީދޫގައި އުމުރުން ދުވަސް ވީ މީހަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ތުހުމަތަށް މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އިއްޔެ ހެނދުނު 10:35 އެހާކަންހާއިރު މީދޫގައި އުމުރުން 64 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި އަމަލު ހިންގި މީހާ ވަނީ މީގެ ކުރިން އުމުރުން 66 އަހަރުގެ އަންހެނަކާއި 65 އަހަރުގެ އަންހެނަކަށް ވެސް ޖިންސީ ގޯނާ ކޮށްފައި ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.